ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެނާގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާނެ!

ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް ބެނާ ނެގުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ދިރިއުޅުއްވާ ހ. ދޫވެހީގައި ދަމާފައި ހުރި ބޭނާގެ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނަގާފައި ވަނީ ގޯސްކޮށްކަމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރަން ދައުލަތުން ނިންމައިފިއެވެ.

އިންޑިއާ އައުޓްގެ ދަށުން ހިންގާ ހަރަކާތްތަކީ، ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް އާއްމު ކުރައްވާފަ އެވެ. އަދި އިންޑިއާ އައުޓް ޖެހި ޝިއާރުތަކާއި، އެ ބަސް މާނަ ކުރެވޭ ބެނާތައް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާތީ އިދިކޮޅުގެ ބޮޑެތި ފާޑުކިއުންތައް ވެސް ސަރުކާރަށް އައާޒުވި އެވެ.

ރައީސް ޔާމީންގެ ގެކޮޅުގައި ބެނާ ހަރު ކުރިތާ 48 ގަޑިއިރު ވެސް ނުވަނީސް ކޯޓު އަމުރުގެ ދަށުން ބެނާ ނަގާފައި ވަނީ އެއީ އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ބުނެ އެވެ. ނަމަވެސް ދަށު ކޯޓުގައި ފުލުހުންނަށް އެކަން ސާބިތުކޮށްދެވިފައި ނުވުމާއި، އަދި އެ ނިންމުމަށް ވާސިލްވި ގޮތް ބުނެ ދެވިފައި ނުވާތީ ހައިކޯޓުން ވަނީ އެ ނިންމުން ބާތިލު ކުރައްވާފަ އެވެ.

ބެނާގެ މައްސަލައިގައި ފުލުހުންނާއި ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް އަމާޒު ކުރެއްވި އެވެ.

މި މައްސަލަ ދައުލަތާއި ދެކޮޅަށް ނިމިފައިވަނީ ގާނޫނީ ގޮތުން ހަދާފައިވާ ބޮޑެތި ގޯސްތަކެއްގެ ސަބަބުންނެވެ. ބެލެވޭ ގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ އެ ސަބަބާއި ހުރެ އެވެ.

ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި، އަމުރު ނެރެ ގެއަށް ނުވަދެ ވެސް ބެނާ ނެގޭނެކަން ފާހަގަކުރި އެވެ. ބެނާ ހަރުކޮށްފައި ހުރީ ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގެ ބޭރުގައިކަމަށް ވުމުންނާއި، އެއީ ހަދަމުން ދިޔަ އެ އިމާރާތުގެ އެންމެ މަތީ ހުރި ދާގަނޑުން ހުރި ހޮޅިތަކެއްގައި އައްސާފައި ހުރި ބެނާއެއްކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: