ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީންގެ ގެކޮޅުން އިންޑިއާ އައުޓް ބެނާ ނެގީ ގޯސްކޮށް، އަމުރު ބާތިލު!

ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ތެރެއިން، ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ފުލުހުން ނަގާފައި ވަނީ ގޯސްކޮށްކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ބެނާގެ މައްސަލައިގައި ދަށު ކޯޓުން ނެރުނު އަމުރު ހައިކޯޓުން ގޯސްކަމަށް ކަނޑައެޅީ ބެންޗުގައި ހިމެނިވަޑައިގަތް ތިން ފަނޑިޔާރުންގތެ އިއްތިފާގުންނެވެ. މި ނިންމުމަށް ވާސިލުވި ސަބަބެއްކަމަށް ކޯޓުގެ ހުކުމުގައި ވަނީ، ކޯޓު އަމުރު ނެރެދޭން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތްކަމަށް ދެއްކިފައިވާ ނުވާތީ އާއި ފުލުހުން ކުރާ ތުހުމަތު ސާފު ނުވާތީ އެވެ.

މައްސަލައިގައި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔުގައި ވަނީ އަމުރު ނެރެން ޖެހުނީ އާއްމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލުތަކެއްގެ ސަބަބުންކަމަށް ބުނެ ފުލުހުން އަމުރަށް އެދުނުއިރު، ބެނާ ހަރުކުރުމުން އާއްމު މަސްލަހަތު ގެއްލޭ ގޮތެއް ފުލުހުންނަށް ބުނެދެވިފައި ނުވާކަމަށެވެ.

ގާނޫނުލްއުބޫތުގެ މާއްދާތަކާއި ހަވާލާ ދެއްވައި ފަނޑިޔާރު ވިދާޅުވީ، އާއްމު މަސްލަހަތަށް ގެއްލުމަކީ އާއްމު ތަނެއްގައި ހުރެގެން ކުރާ އަމަލަކަށް ވާން ޖެހޭ ކަމަށެވެ. އަދި ބެނާ ހަރު ކުރުން އެއީ ކުށެއްގެ ގޮތުގައި ބެލިޔަސް، އެ ބެނާ ނެގުމަށް ރައީސް ޔާމީނަށް ފުލުހުން އެންގީ ކޮން ހަމައަކުންކަން ވެސް ބުނެދެވިފައި ނުވާކަމަށް ރައުޔުގައި ވެއެވެ.

މައްސަލައިގެ އަޑުއެހުންތަކުގައި ފުލުހުން ބުނީ، ކޯޓު އަމުރެއް ނެރުނީ ބެނާ ނެގުމަށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައި ނުވާތީ ކަމަށެވެ. އަދި ބެނާ ނެގީ ހެކި ހޯދުމަށްކަމަށާއި، މައްސަލައިގައި އެއްވެސް މީހަކާއި ސުވާލުކޮށް ބަޔާން ނަގާފައިނުވާނެކަމަށް ބުންޏެވެ. އެކަން ފާހަަކޮށް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ އެ އެންގުން އެއީ ހެއްކެއްތޯ ސާފު ނުވާކަމަށެވެ.

ބެނާ ނެގުން އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުންކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ އެއީ ހައިކޯޓުގެ ނިންމުމެއް ނޫންކަމަށާއި، އެއީ މައްސަލައިގެ ތެރެއިން ނިންމޭ ވަރަށް ވުރެ ބޮޑަށް ދުސްތޫރީ މައްސަލައެއް ކަމަށެވެ.

ބެންޗުގެ ރިޔާސަތު ވެސް ބެލެހެއްޓެވި، ފަނޑިޔާރު ހަސަން ޝަފީއުގެ ވެސް ފާހަގަ ކުރެއްވީ ދާދި އެއް ވާހަކަތަކެކެވެ. ފަނޑިޔާރު ޝަފީއު ވިދާޅުވީ، ހެއްކާއި ބެހޭ ގޮތުން ފުލުހުން ފާހަގަ ކުރި ނަމަވެސް އެއަށް ވާސިލުވި ގޮތް އަމުރުން އެނގެން އޮންނަން ޖެހޭ ކަމަށެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި، އަމުރު ނެރެ ގެއަށް ނުވަދެ ވެސް ބެނާ ނެގޭނެކަން ފާހަގަކުރި އެވެ. ބެނާ ހަރުކޮށްފައި ހުރީ ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގެ ބޭރުގައިކަމަށް ވުމުންނާއި، އެއީ ހަދަމުން ދިޔަ އެ އިމާރާތުގެ އެންމެ މަތީ ހުރި ދާގަނޑުން ހުރި ހޮޅިތަކެއްގައި އައްސާފައި ހުރި ބެނާއެއްކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން ކޯޓު އަމުރެއްގެ ދަށުން ގެއަށް ވަދެ އެ ބެނާ ނަގަން ޖެހޭ ސަބަބެއް ނެތްކަމަށް ހުކުމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: