ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ވަޑައިގެންފި

ރައީސް އައްޑޫ ސިޓީއަށް ވަޑައިގަތުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެކުނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެއް ރައީސަށް މަރުހަބާ ދެންނެވިއިރު، ގޭން އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ ފުރަތަމަ އެމަނިކުފާނަށް މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް ހުޅުއްވައިދެއްވުމާއި އައްޑޫގެ ތަރައްގީއަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިމިފައިވާ މަޝްރޫއު ތަކާއި މިވަގުތު ހިނގަމުންދާ މަޝްރޫއުތައް ބައްލަވާލެއްވުން ހިމެނެ އެވެ.

އައްޑޫ ސިޓީގެ މި ދަތުރުފުޅުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، މަގު ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްުވުމާއި، މަރަދޫ އާއި މީދޫ ބަނދަރު ހުޅުއްވައިދެއްވުމާއި، ހިތަދޫ މަސްޖިދް އިބްރާހިމް މިސްކިތް ހުޅުއްވައި ދެއްވުމާއި، ޕޮލިސް އެކަޑަމީ ހުޅުއްވައިދެއްވުމުގެ އިތުރުން ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތުލިބިފައިވެ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އަައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ މިރޭ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އައްޑޫ ސިޓީން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: