ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ހާރިޖީ ވަޒީރަށް ބޮޑުބެރުގެ ސަގާފީ މަރުހަބާއެއް!

އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖޭ ޝަންކަރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް ސަގާފީ ބޮޑުބެރުގެ މަރުހަބާއެއް ކިޔައިފި އެވެ.

މިނިސްޓަރ ޖައިޝަންކަރަށް މަރުޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އާއި، އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއެކު މަޝްވަރާތައް ބާއްވަވައި، އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ. އަދި ދެޤައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ، ބައިނަލްއަޤްވާމީ މަސްރަހުގައި ހިނގަމުންދާ ދެޤައުމާ ގުޅުން ހުރި އެކި ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާނެއެވެ.

މަޝްވަރާތަކަށްފަހު، ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ޤާއިމްކުރެވޭ އެއްބަސްވުމުގައި ސޮއިކުރެވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ދެ ވަޒީރުން މި ނެޓްވޯކް ލޯންޗްކޮށްދެއްވާނެއެވެ.

މީގެ އިތުރުން ދެޤައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ޤައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައިވެސް މި ދަތުރުފުޅުގައި ސޮއިކުރެވޭނެ އެވެ.

އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި، އިންޑިއާގެ އެހީގައި އައްޑޫގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާނެއެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަތަރުދުވަހުގެ  ރަސްމީ ދަތުރުފުޅެއްގައި  ފުވައްމުލައް ސިޓީ އަށާއި އައްޑޫ ސިޓީއަށް ވަޑައިގަންނަވާފައެވެ. އަދި ރައީސް ވަނީ އައްޑޫ ސިޓީގައި ސަރުކާރުން ތަރައްގީ ކުރައްވަމުން ގެންދަވާ މަޝްރޫއުތައް ބައްލަވާލައްވާފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ ޖައިޝަންކަރު، ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިކަމުގައި ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތު ހާމަކޮށްފައިވެ އެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫގައި އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ އެހީގައި ޤާއިމްކޮށްފައިވާ ރީހެބިލިޓޭޝަން ސެންޓަރާއި، ޓޫރިޒަމް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގައާއި، އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އިފްތިތިޙްކުރުމުގެ ރަސްމިއްޔާތާއި، އައްޑުގެ ބިން ހިއްކުމުގެ މަޝްރޫޢު ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ޑރ ޖައިޝަންކަރު މާދަމާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ހަމައެއާއެކު އިންޑިއާގެ އެހީގައި ޤާއިމްކޮށްފައިވާ އެކްސްޕޭންޑަޑް ކޯސްޓަލް ރޭޑަރ ސިސްޓަމްވެސް އިފްތިތާޙްކޮށްދެއްވާނެއެވެ.

މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ އެކްސްޓަނަލް އެފެއަރޒް މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. އަދި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޑރ ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: