ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައިބަރ ހަމަލާއެއްގެ ސަބަބުން ސްޓެލްކޯގެ ސިސްޓަމްތައް ޑައުންވެއްޖެ

ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ސިސްޓަމަށް ރެންސަމްވެއާ ހަމަލާއެއް ކުރިމަތިވެ، މުހިންމު ބައެއް ހިދުމަތްތައް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ސިސްޓަމަށް ރެންސަމްވެއާގެ ހަމަލާއެއް ކުރިމަތިވީ، މިދިޔަ ބުރާސްފަތި ދުވަހުކަމަށެވެ.

މެދުކެނޑުނު ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ، ވެބްސައިޓު، މޮބައިލް އެޕްލިކޭޝަން، މޮބައިލް އައުޓްލެޓުތައް، ކައުންޓަރުތަކުން ދެމުން އައި ހުރިހާ ހިދުމަތްތަކެވެ.

އެ ހަމަލާއާ ގުޅިގެން ސްޓެލްކޯގެ އައިޓީ ނެޓްވޯކަށް މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެކަން ހައްލު ކުރުމަށް ސްޓެލްކޯގެ އައިޓީީ އިންޖިނިއަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި ކައުންޓަރުތައް މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް އަލުން ފޯރުކޮށްދިނުމަށް އަދިވެސް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް، ހިދުމަތްތައް އަލުން ފޯރުކޮށްދޭން ފަށަން ނަގާނީ އަދި ކިހާ މުއްދަތެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: