ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަމާދު ކުރަން ފެށި ނަމަވެސް، ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވާނެ ތާރީހެއް ނޭނގޭ!

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޯދަ މަހާއި ދިމާކޮށް ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރަން ފެށި ނަމަވެސް، ތަން ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދި ނިންމާފައި ނުވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރޯދަމަހު މިނިސްޓްރީން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބެއްވި ޕްރެސް ބްރީފިންގައި މިނިސްޓަރ ވިދާޅުވީ ދިމާވި ބައެއް ދަތިތަކުގެ ސަބަބުން ރަސްމީކޮށް މިސްކިތް ހުޅުވާ ނުލެވުނު ކަމުގައި ވީ ނަމަވެސް، އޭޕްރީލް 1 ވާ ހުކުރު ދުވަހުން ފަށައިގެން މިސްކިތުގައި ނަމާދު ކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަލްމާން މިސްކިތް ފަހުން ރަސްމީކޮން ހުޅުވާނެ ކަމަށާއި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނުވާކަމަށެވެ. އަދި މިސްކިތް ހުޅުއްވައިދެއްވުމަށްޓަކައި ސައުދީ ވަފުދެއް ރާއްޖެ ވަޑައިގަންނަވާނެކަމުގައި ޑރ. ޒާހިރު ވިދާޅުވިއެވެ. މީގެ ކުރިންވެސް ސައުދީގެ ވަފުދެއް ކިންގް ސަލްމާން މިސްކިތް ހުޅުވުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖެ އައިސްފައިވެއެވެ.

ކިންގް ސަލްމާން މިސްކިތް އެއްކޮށް ނިންމައި 2019 ވަނަ އަހަރު ނޫސްވެރިނަށް ވެސް ތަނުގެ އެތެރެ ދައްކާލި އެވެ. އޭރުން ފެށިގެން މިސްކިތް ނުހުޅުވާ ސަބަބާއި މެދު ސުވާލު ކުރުމުން ޕްލޭނިން މިނިސްޓްރީން ބުނަމުން އައީ ކޮވިޑު-19 ގެ ސަބަބުން ސައުދީގެ ވަފުދު ރާއްޖެ އައުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް މިސްކިތުގައި ނަމާދު ކުރަން ފަށާނެކަމަށް ބުނެ ތާރީހުތަކެއް ދިން އިރު 2020 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިސްކިތް ހުޅުވާނެ ތާރީހެއް ދެއްވި އެވެ. އެ ތާރީހު ފަހަނަޅައި ދިޔަ އިރު ވެސް މިސްކިތް ބޭނުން ކުރަން ފަށާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވެސް އަަމާޒުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޒާހިރު ވިދާޅުވީ ރޯދަ މަހު ނަމާދު ކުރަން ކިންގް ސަލްމާން މިސްކިތް ހުޅުވުމުން މިސްކިތްތައް ތޮއްޖެހި ބޭރުގައި ނަމާދު ކުރަން ޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

މިސްކިތް މިވަގުތު ރަސްމީކޮށް ހުޅުވެން ނެތް ސަބަބެއްގެ ގޮތުގައި ޑރ. ޒާހިރު ވިދާޅުވީ މިސްކިތުގެ ބައެއް ފްލޯތަކަށް ބޭނުންވާ ފަރުނީޗަރުތަކާއި އެހެން ބައެއް ސާމާނުތައް ހޯދުމަށް ދޭން އެއްބަސްވި 02 މިލިއަން ޑޮލަރު ފޯރުކޮށްދީފައި ނުވުމެވެ. ނަމަވެސް މަޝްވަރާ އާއި އެއްގޮތަށް އެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމުގެ އުންމީދު ކުރާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ އަސްރު ނަމާދަށް ފަހު މިސްކިތް ހުޅުވާއިރު، ކަލަންޑަރުގައި ވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނީ ހޮނިހިރު ދުވަހެވެ.

މިވަގުތު ހުޅުމާލޭގެ ފޭސް ދޭއްއަށް ގިނަ އަދަދެއްގެ ރައްޔިތުން ބަދަލުވެފައި ވާތީ، ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަނުގައި ވަގުތީ މިސްކިތެއް ހުރެ ތަނުގެ ޖާގައިގެ ދަތިކަމެވެ. އެކަމަށް އިޝާރާތްކޮށް މިނިސްޓަރ ވަނީ ފޭސް ދޭއް، އަދި ހުޅުމާލޭގައި އާރުސީސީން ހަދަމުން ގެންދާ މިސްކިތް ވެސް ހުޅުވާނެކަން ފާހަގަ ކުރައްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ކިންގް ސަލްމާން މިސްކިތް ޖުމްލަ 24.94 މިލިއަން ޑޮލަރަށް ކުރިޔަށް ގެންގޮސްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41،500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ފަސް ފަންގިފިލާ ހިމެނެއެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44،100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށް ތައްޔާރު ކުރެވިގެންދާނެއެވެ.

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް ހުރެއެވެ. އަދި މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުންނާނެއެވެ. އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ ބޭރުގައި 6،000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވެ އެވެ. މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: