ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަސް ނިމުމުގެ ކުރިން ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކޮށް ނިންމާލެވޭނެ: އިސްލާމިކް މިނިސްޓްރީ

ސަލްމާން މިސްކިތް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތުކުރުމަށް ރާއްޖެއިން ބޭރުން ގެންނަންޖެހޭ ތަކެތި މި ޑިސެމްބަރު މަހުގެ 15 ގެ ކުރިން ލިބޭނެ އެވެ. އަދި އޭސީތައް މަރާމާތުކުރުމުގެ މުޅި މަސައްކަތް އެއްކޮށް މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރުން ބުނެފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެހެންނަމަވެސް އޭސީތައް މަރާމާތުކުރަން ކުރަންޖެހޭ މަސައްކަތްތައް ވެސް ފެށުނީ އޭގެ ހަފުތާއެއްހައި ދުވަސް ފަހުންނެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ވެސް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓުވަނީ ހަލާކުވެފައެވެ. އޭސީތައް ހަލާކުވެފައި ހުރުމުގެ ސަބަބުން މިސްކިތުގައި ހޫނު ގަދަވުމުގެ ސަބަބުން މިސްކިތުގައި ނަމާދުކުރާ މީހުންނަށް އެކަމުގެ އުނދަގޫތައް ވަމުންދާ ކަމަށް އާއްމުން ވަނީ ބުނެފައެވެ.

ސަލްމާން މިސްކިތް އަދި ރަސްމީކޮށް ހުޅުވިފައިނުވި ނަމަވެސް މިސްކިތުގައި ނަމާދުކުރަން ފެށުމަށް ސަރުކާރުން ނިންމާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 01 ވަނަ ދުވަހުއެވެ.

އޭސީތައް ހަލާކުވެފައި ހުރުމުން ނަމާދުކުރާ އެއްވެސް ބަޔަކަށް ފިނި ނުވާއިރު ވެންޓިލޭޝަން ރަނގަޅު ނަމަވެސް އެ ތަނުގައި މެންދުރު ވަގުތު ހުންނަނީ ހޫނުގަދަވެ އުދާސްވެފައި ކަމަށް މިސްކިތަށް ނަމާދަށް އަރާ ގިނަބަޔަކު ދިޔައީ ބުނަމުންނެވެ. ވަކިން ހާއްސަކޮށް ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދު ކުރާއިރު  އޭސީ ހަލާކުވެފައި ހުރުމުގެ ސަބަބުން ހޫނުކަން އިތުރުވާ ކަމަށްވެސް ސޯސަލް މީޑިއާގައި އާއްމުންގެ ތެރެއިން ބައެއް މީހުން ބުނެފައިވެއެވެ.

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި އިމާރާތްކުރެވުނު މިސްކިތެކެވެ. އެ މިސްކިތުގެ ބޮޑުބައި ވޭތުވެދިޔަ ސަރުކާރުން ނިންމާފައިވާއިރު މިސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހުގައި މިސްކިތް ނުހުޅުވާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ސަލްމާން މިސްކިތް އެކަށީގެންވާ ގޮތެއްގައި މި ސަރުކާރުން ބަލަހައްޓަމުންނުދާ ކަމަށް މިސްކިތް ބޭނުންކުރާ ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

ކިންގް ސަލްމާން މިސްކިތް އެއްކޮށް ނިންމައި 2019 ވަނަ އަހަރު ނޫސްވެރިނަށް ވެސް ތަނުގެ އެތެރެ ދައްކާލި އެވެ.

އޭރުން ފެށިގެން މިސްކިތް ނުހުޅުވާ ސަބަބާއި މެދު ސުވާލު ކުރުމުން ޕްލޭނިން މިނިސްޓްރީން ބުނަމުން އައީ ކޮވިޑު-19 ގެ ސަބަބުން ސައުދީގެ ވަފުދު ރާއްޖެ އައުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް މިސްކިތުގައި ނަމާދު ކުރަން ފަށާނެކަމަށް ބުނެ ތާރީހުތަކެއް ދިން އިރު 2020 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިސްކިތް ހުޅުވާނެ ތާރީހެއް ދެއްވި އެވެ.

އެ ތާރީހު ފަހަނަޅައި ދިޔަ އިރު ވެސް މިސްކިތް ބޭނުން ކުރަން ފަށާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވެސް އަަމާޒުވި

ސަލްމާން މިސްކިތް ޖުމްލަ 24.94 މިލިއަން ޑޮލަރަށް ކުރިޔަށް ގެންގޮސްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި 41،500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ފަސް ފަންގިފިލާ ހިމެނެއެވެ.

މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44،100 އަކަ ފޫޓުގެ ޖާގަ އޮވެއެވެ.

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް ހުރެއެވެ. އަދި މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް ހުރެއެވެ.

އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10،000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެއެވެ.

މިސްކިތުގެ ބޭރުގައި 6،000 މީހުންގެ ޖާގަ އޮވެ އެވެ. ފުރަތަމަ އަދި ދެވަނަ ފްލޯގައި އެއްފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވެ އެވެ.

މިސްކިތުގެ ދެވަނަ ފްލޯ ހާއްސަ ވަނީ އަންހެނުންނަށެވެ. އަންހެނުންނަށް ހާއްސަ ފާހާނަ ބަރިތަކާއި ވަކިން އެ ފްލޯއަށް އެރޭ ގޮތައް ވަނީ ހަދައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: