ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރީ ނަފްސާނީ ބަލިމީހެއް!

މިއަދު ހުކުރު ނަމާދު ވަގުތު ސަލްމާން މިސްކިތުގެ މިންބަރަށް އެރި މީހާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ހުކުރު ނަމާދަށް ދިޔަ މީހަކު  ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

މިއަދުގެ ހުތުބާ ފެށުމުގެ ކުރިން އެމީހާ ވަނީ މިންބަރަށް އަރާ ފާތިހާ ސޫރަތް ކިޔަވާފައެވެ. އަދި ދީނީ ނަސޭހަތް ދޭފަދަ ގޮތަކަށް ދިވެހިން ވާހަކަތަކެއް ދެއްކިއެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ އެ ވަގުތު މިސްކިތުގައި ތިބި ފަރާތްތަކުން ވަނީ އޭނާ އެތަނުން ބާލައިފައެވެ. އަދި ފުލުހުން އެތަނަށް އައިސް އޭނާ ހައްޔަރު ކުރިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު މާގިނައިރުތަކެއް ނުވަނީސް އޭނާވަނީ އާއިލާ އާއި ހަވާލްކޮށްފައެވެ. އަދި އޭނާ އަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަމުގަެި ފުލުހުން ވަނީ ބުނެފައެވެ.

މިސްކިތްތަކުގައި ނަމާދުކޮށް ހުތުބާ އާއި ދީނީ ދަރުސް ދެވޭނީ އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ. މިއަދު ހައްޔަރުކުރެވުނު މީހާ އަކީ އިސްލާމިކް މިނިސްޓްރީގެ އެއްވެސް ހުއްދައެއް އޮތް މީހެއް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: