ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ 16 ބިލިއަން ރުފިޔާ ހޯދުމަށް ތަންފީޒީ މަސައްކަތްތަކެއް!

ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ވާތީ އެ ފައިސާ ހޯދުމަށްޓަކައި އެޕްރީލް 1 އިން ފެށިގެން ތަންފީޒީ މަސައްކަތްތަކެއް ކުރަމުން ގެންދާނެކަމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.

ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި އޭގެ އިތުރުންވެސް އެކި ގޮތްގޮތުން މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 16 ބިލިއަން ރުފިޔާ ނުލިބިވާކަމުގައި މީރާއިން ހާމަކޮށްފިއެވެ. މިއީ ވޭތުވެ ދިޔަ އަހަރުގެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާތަކާއެކު ލިބެން ޖެހޭ ފައިސާގެ އަދަދެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް، 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މިރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެއެވެ.

މީރާއިން ހާމަ ކޮށްފައިވާގައި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ކޮވިޑް 19 ގެ ސަބަބުން ވިޔަފާރިތަކަށާއި އާންމުނަށްވެސް ލުއި ތަކެއް ދީފައިވުން މިއީ މި ފައިސާތަށް ހޯދުމަށް އެޅުނު ހުރަހެވެ. މި ބަލިމަޑުކަމުގެ ތެރެއިން ދިމާވި އިގްތިސާދީ ދަތިތަކުގެ ސަބަބުން ސަރުކާރުންް ވަނީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ފައިސާ ދެއްކުމުގައި ތަންފީޒީ މަސައްކަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމުގެ އިތުރުން ލުއިތަކެއް ދީފައެވެ.

ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއިއެކު އާމްދަނީ ބަލަހައްޓާ މައި އިދާރާ މިރާއިން މި މަސައްކަތް އަލުން ފެށުމަށް ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: