ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތަށް ނަމާދަށް ދާ މީހުންނަށްޓަކައި ޕާކިން ޒޯންއެއް ހެދުމުގެ ފުރުސަތު ނުދިން: މުއިއްޒު

މާލެސިޓީ މޭޔަރ ޑޮކްޓަރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކިންގް ސަލްމާން މިސްކިތަށް ނަމާދަށް ދާ މީހުންނަށް ހާއްސަކޮށް ޕާކިން ޒޯންއެއް މިސްކިތުގެ ކައިރީގައި އޮންނަ ސޯމިލް ބިމުގައި އެޅުމަށް މި ސަރުކާރުން މާލެ ސިޓީ ކައުންސިލަށް ފުރުސަތު ނުދިން ކަމުގައި މާލެ ސިޓީ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ކިންގް ސަލްމާން މިސްކިތުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް މި ސަރުކާރުން މިސްކިތް ހުޅުވާ ނުލައި ގިނަ ދުވަސްތަކެއް ވޭތު ކުރި އެވެ. ރަސްމީކޮށް ހުޅުވާނުލި ނަމަވެސް މިއަހަރުގެ ރަމަޟާން މަހާއި ގުޅިގެން މާލޭގެ މިސްކިތްތަކުގައި ތޮއް ޖެހުން ކުޑަކުރުމަށްޓަކައި މިހާރު އެ މިސްކިތްވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރަސްމީކޮށް ހުޅުވާލާނެ ވަކި ތާރީހެއް ކަނޑައެޅިފައި ނެތް ނަމަވެސް ވީހާވެސް އަވަހަކަށް ހުޅުވޭނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ.

އެ މިސްކިތް ނުނިންމާ ދެ އަހަރު ދިޔަ ކަމަށާއި ރަސްމީކޮށް ނުހުޅުވުނަސް ނަމާދު ކުރުމުގެ ފުރުސަތު ދިނުމަށް މާލޭ ރައްޔިތުންގެ ފަރާތުން ރައީސް ސޯލިހުގެ އަރިހުގައި މިދިޔަ އަހަރުގެ މެއި މަހު ހުށަހަޅާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޕާކިން ޒޯން ހެދުމުގެ ހުއްދައަށް އެދިފައިވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން އެސަރަހައްދުގައި އެއްވެސް ބޭނުމެއް ނުހިފާ އޮތް ސޯމިލް ބިން މި މަސައްކަތް ކުރަން ސިޓީ ކައުންސިލަށް ދިނުމަށެވެ. ރައްޔިތުންނަށް ފަސޭހަވާނެ ކަންތައްތަކުގައި ސިޓީ ކައުންސިލުން އެއްބާރުލުން ދެއްވަން ކަމުގައި ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ނަމަވެސް ސަރުކާރުން އެފަދައިން ފަސޭހައިން ހައްލުވާން ހުރި ކަންކަމުގައިވެސް ކައުންސިލަށް އެއްބާރުލުން ދެއްވުމުގައި ފަސް ޖެހިވަޑައިގަންނަވާކަމަށެވެ. އަދި މިއީ ކީންވެގެންކަން އެގިވަޑައިނުގަންނަވާކަމުގައި މުއިއްޒު ވިދާޅުވިއެވެ.

ފާތުވި ހުކުރު ދުވަހުގެ، ހުކުރު ނަމާދަށް މިސްކިތް ހުޅުވާލެވުމާއެކު ފެނިގެން ދިޔައީ ސައިކަލުތަށް ބޭރު މަގުގައި އާއި އެއްކޮށް ޕާކް ކޮށްފައިވާ މަންޒަރެވެ. 10،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ގޮތަށް މިސްކިތް ބިނާ ކޮށްފައިވާއިރު ޕާކް ކުރުމަށް ދިމާވާ ދަތިތަކަށް އެއްވެސް ހައްލެއް ހޯދިފައެއް ނުވެއެވެ.

މުއިއްޒު އިތުރަށް ފާހަގަ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ޕާކިން އޭރިއާ ހެދުމަށްޓަކައި ޕްލޭން ކުރެވިފައިވަނީވެސް ސޯމިލް ބިމުގައި ކަމަށެވެ. އަދި ތަކުރާރުކޮށް ސަރުކާރުގައި އެ ބިން ހުސްކޮށް، ސައިކަލް ޕާކިންގ އޭރިއާއަކަށް ހެދުމުގެ ފުރުސަތަށް އެދެމުންދާކަމުގައިވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ސޯމިލް ބިން އޮތީ ބޭކާރު ކޮށްލައި، ޕަބްލިކް ވޯކާސް ގެ ބޭރު މުވައްޒަފުން ނިންދަވާ ތަނެއްގެ ގޮތުގައި ކަމަށާއި އެ މީހުން ވެހިކަލްތައް ޕާކް ކުރަނީވެސް އެތަނުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: