ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްގެ ކުލި ނެގުން ފަސްކޮށްދިނުމަށް މުއިއްޒު ގޮވާލައިފި

މާލެ ސިޓީ ކައުންސިލުގެ މޭޔަރ، ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ފަހަރަށް ކުލި ނެގުން ފަސް ކުރުމަށްފަހު ފްލެޓްތައް ދޫކުރެވުނުތާ 8 މަސް ފަހުން ރަމަޟާން މަހުގެ ތެރޭގައި ކުލި ނަގަން ފެށުމުން މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ކުލި ނެގުން ފަސް ކުރުމަށް ގޮވާލާފިއެވެ.

މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ ފައިސާގެ އިތުރުން ކުލީގެ ފައިސާ ފްލެޓްތަކުގެ އެއްބަސްވުމުގައި ވާގޮތަށް 1 އޭޕްރީލްއިން ފެށިގެން އެޗްޑީސީ ބަލައިގަންނަމުން ދާނެ ކަމުގައި އެ ކޯޕަރޭޝަންއިން ބުނެފައިވެއެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 7500 ރުފިޔާ ކަމުގައިވާއިރު، މެއިންޓަނެންސް ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ 1000 ރުފިޔާއެވެ. އެހެންކަމުން ޖުމްލަ 8500 ރުފިޔާ ކޮންމެ މަހެއްގެ މަތިން ފްލެޓްތަށް ލިބުނު ފަރާތްތަކުން އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ރޭ ޓްވީޓެއް ކުރައްވާ މުއިއްޒު ވިދާޅުވީ އްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަސް ކަމަށްވާ ރަމަޟާން މަހު ހިޔާ ފްލެޓުގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ތަކުލީފް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ. އަދި މި ނިންމުން ބަދަލުކޮށް ކުލި ދައްކަން ޖެހޭ ތާރީހު އެނެއްކާވެސް ފަސްކޮށްދިނުމަށް މޭޔަރ ވަނީ އެދިފައެވެ.

ސަރުކާރުން މީގެ ކުރިން ކުލި ނެގުން ފަސްކޮށްފައިވަނީ މި ފްލެޓްތަކަކީ އެތެރޭގެ މަސައްކަތް ނުނިންމާ ހަވާލުކުރެވުނު ފްލެޓްތަކަށް ވީތީ ފިނިޝިންގެ މަސައްކަތްތަށް ނިންމުމަށްޓަކައެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ގިނަ ބަޔެއްގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކުލި ނެގުން އެނެއްކާވެސް ފަސްކުރެވިގެންދިޔައެވެ.

މިހާރު ފްލެޓުތަކުގެ ކުލި ބަލައިގަންނަށް ފަށާފައިވާއިރު އެޗްޑީސީގެ އޮންލައިން ޕޯޓަލްގެ އިތުރުން އެޗްޑީސީގެ ކަލެކްޝަން ކައުންޓަރާއި މައި އޮފީސް މެދުވެރިކޮށްވެސްް ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ހަަމަޖައްސާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިންގ މިނިސްޓަރަކަށް ޑރ. މުޢިއްޒު ހުންނަވައިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓުތައް އެޅި ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް، ފްލެޓު ލިބުނު މީހުންގެ ލިސްޓާ ކުޅުންފަދަ ކަންކަމުގައި އެތަނަށް ރައްޔިތުން ނުވައްދައި އެތައް ދުވަހެއް ދަންމައިލިއެވެ. ފްލެޓު ލިބުނު މީހުންނަށް އެތަން ޙަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށް އޭރު ސަރުކާރުން ދިން ތިންމަސް ދުވަހުގެ މުއްދަތު އެކިފަހަރުމަތިން އިތުރުކޮށްދިނީ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި މާލޭގެ މޭޔަރު ޑރ. މުޢިއްޒު އާއި ސިޓީ ކައުންސިލުން ވެސް އެކަމުގައި ކެނޑިނޭޅި ވަކާލާތުކޮށްގެނެވެ.

ސަރުކާރުން އެންމެ ފަހުން ދިން މުއްދަތު ނިމި، ހިޔާ ފްލެޓަށް މިއަދުން ފެށިގެން ކުލި ނަގަން ހައުސިންގ ޑިވެލޮޕްމަންޓް އޮތޯރިޓީ (އެޗްޑީސީ) އިން ވަނީ ފަށާފައެވެ. އެޗްޑީސީން ކުރި އިޢުލާނެއްގައި ވަނީ ހިޔާ މަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ފްލެޓުތަކުގެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓް ފީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަލައިގަންނަމުންދާ ކަމަށެވެ.

ރަމަޟާންމަސް ފަދަ ރައްޔިތުންގެ އަތްމަތި ދަތި ދުވަސްވަރަކާ ދިމާކޮށް ހިޔާ ފްލެޓުގެ ކުލި ނަގަން ނުފެށުމަށް މާލެ ސިޓީގެ މޭޔަރު ގޮވާލައްވާފައި ވާއިރު، ފްލެޓުތަކުގެ ކުލީގެ މައްސަލާގައި ވެސް މީގެ ކުރިން އެތައް ފަހަރަކު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ކުލި ކުޑަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަރިހު ވެސް އެދިވަޑައިގެންފައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: