ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓް ހަރަދު ކުޑަ ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރައްވައިފި

މެޓް އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޫނު މޫސުމާއި ގުޅިގެން ކަރަންޓް ބޭނުންކުރެވޭ ވަރު މަދުކުރުމަށާއި ކަރަންޓް ހަރަދު ކުޑަކުރުމާއެކު ކަރަންޓް އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރައްވައިފިއެވެ.

ސްޓެލްކޯގެ ފަރާތުން ބުނި ގޮތުގައި މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައިކަމަށެވެ. އަދި މިދުވަސް ވަރަކީ ރޯދަމަހަށް ވެފައި ކަރަންޓު ބޭނުން ކުރާވަރު އިތުރުވާނެ ކަމަށް ބެލެވޭތީ ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

 

 

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން  މޫސުމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން  މޫސުމާއި ބެހޭ މައުލޫމާތު ކޮންމެ ދުވަހަކު އާންމު ކުރުމަށް ނިންމައި އެކަން އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

މެޓް އޮފީހުން ހާމަކުރައްވާ ގޮތުގައި އެ އޮފީހުގެ ފަރާތުން ފިނިހޫނުމިން ދެނެގަތުގަށް ރާއްޖޭގެ ފަސް ސަރަހައްދުގައި ގާއިމް ކޮށްފައިވާ ސްޓޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހެއްގެ ފިނި ހޫނުމިނާއިގުޅޭ މައުލޫމާދު އެދުވަހުގެ ހެނދުނު 11 އަދި މެންދުރުފަހު 2 އަދި ހަވީރު 5 ޖަހާއިރު ގެނެސްދެމުން އަންނަ ކަމުގައެވެ.

މެޓް އޮފީހުގެ ވައިބަރ ގްރޫޕްގައި ކޮންމެ ދުވަހެއްގެ މޫސުމީ ބަދަލުތަކާއި ގުޅޭ މައުލޫމާތު ގެނެސްދެމުން ދާކަމުގައި އެވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މެޓް އޮފީހުގެ ފަރާތުން ފިނިހޫނުމިނާއި ގުޅޭ ތަފާސް ހިސާބު ގެނެސްދިނުމަށް ހަމަޖައްސާފައިވަނީ ރާއްޖޭގައި މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކަމަށާއި އާންމު ގޮތެއްގައި އެންމެ ހޫނު ގަދަވާ ގަޑިއަކީ މެންދުރު ފަހު 2 ޖަހާއިރު ކަންވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މި އޭޕްރީލް މަހަކީ މުޅި އަަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމުގައި މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މިދުވަސްވަރަކީ ވައިމަޑު ދުވަސްވަރެއްކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައްގުނައެއް އިތުރުވެގެންދާކަމަށާއި އެހެން ދިމާވުމަށް މެދުވެރިވާ ސަބަބަކީ މިދުވަސްވަރަކީ އިރުވައި މޫސުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށްވީމަ ކަމުގައި މެޓް އޮފީހުން ހާަމަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: