ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ގޮތް ނޭގޭ ބަޔެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީ ރަނގަޅު މަގުން ގެންދާނެ ކަމާއިމެދު ޝައްކު އުފެދޭ ބަޔެއްގެ އަތްމައްޗަށް ޕާޓީ ދޫނުކޮއްްލެވުމަށް އެމްޑީޕީގެ ޗެއަޕާސަން ކަމަށް ވާދަ ކުރައް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް (އިންތި) ގެ ތަރުޖަމާން އަދި އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވައްޑެ ގޮވާލައިފިއެވެ.

އިންތިގެ ކެމްޕެއިން ޖަގަހައިގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެމްޑީޕީގައި ތިބީ ނިސްބަތުން ރަނގަޅު މީހުން ކަމަށާއި އަދި އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރަނީ އަމިއްލައަށް މީހާ ލިބޭނެ މޮޅަކަން ނޫންކަމުގައިކަމަށް ވިދާޅުވަމުން ވައްޑެ ފާހަގަ ކުރެއްވީ އެބޭފުޅުން މަސައްކަތް ކުރައްވަނީ އެކުގައި މަސައްކަތްކޮށް މުޅި ޕާޓީއަށް ކާމިޔާބު ހޯދައިދޭން ކަމުގައެވެ. އަދި މިއީ ޕާޓީއަށް 16 އަހަރު ވެގެން ދިޔައިރުވެސް ޕާޓި ސަލާމަތުން އޮތް ސަބަބުކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

“ހަމަ އެކަނި އަހަނަށް ލިބޭ މޮޅަކަށް ބަދަލުގައި އަހަންނާއި އެކީގަ އެހެން އެންމެންނަށް ފައިދާވާ ހަރުދަނާ ސިޔާސަތުތަކަކަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ވާތީ” ވައްޑެ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެކަމަކު އެހެނިހެން އޮއިވަރުތަކުގެ އިތުރުން އެހެން އެޖެންޑާތަކުގެ މީހުންވެސް ވަދެ އުޅޭލެއް މަދު ނޫންކަމުގައެވެ. ދެން އޭނާ ފަހަގަ ކުރެއްވީ ޕާޓީ ސާފުކޮށް ސަރާސަރުކޮށް ތެދަށް ސީދަލަށްް އޮތީ ޕާޓީގެ ގިނަ މީހުންނަކީ ރަނގަޅު މީހުންނަށް ވާތީކަމުގައެވެ. މިގޮތުން އޭނާ ވިދާޅުވީ ޕާޓީ ނުބައި ބަޔެއްގެ އައްމައްޗަށް ދޫކޮއްލައިގެން ނުވާނެ ކަމުގައެވެ. ވައްޑެ ވިދާޅުވީ ވަޒީފާގެ ބިރު ދައްކާ އިންސާނުން އަޅުވެތިކޮށް، ލޯނުގެ ބިރު ދައްކާ ކޮންޓްރެކްޓްގަ ތާށިކޮށްގެން އުޅޭ، މިފަދަ ވިސްނުމެއްގައި މަސައްކަތްކުރާ ބަޔެއްގެ މައްޗަށްް ޕާޓީ ދޫކޮށްލައިފިނަމަ ޕާޓީގެ އަމާޒް ދެން ރަނގަޅު ނުކުރެވޭނެކަމުގައެވެ. ބެލެވޭ ގޮތުގައި މިވާހަކަ މިގޮތަށް ދެއްކެވީ އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގައި ދެން ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލަށާއި އެބޭފުޅާއަށް ތާއީދު ކުރައްވާ ބޭފުޅުންނަށް އިޝާރާތް ކުރައްވާއެވެ.

ވައްޑެ ވިދާޅުވީ މެއި 14 ވަނަ ދުވަހަކީ އެމްޑީޕީގެ ވަރަށް މުހިއްމު ހިދުކޮޅެއް ގުނާނެ ދުވަހެއްކަމަށާއި އަދި މިހާރު ޕާޓިގެ އެންމެ ވިކޭ ސިޔާސަތަކީ ވައްކަމާއި ދެކޮޅަށް މަސައްކަތް ކުރުން ކަމުގައި ފާހަގަ ކުރައްވާ ވައްޑެ ވިދާޅުވީ ނަޒާހަތްތެރި މީހުން މަޖިލީހުގެ އިތުރުން ސަރުކާރު ހިންގުމަށާއި ޕާޓީ ވަފާތެރިކަމާއި ތެދުވެރިކަމުގެ އިތުރުން ނުސާފުކަމެއް ނެތި ކުރިއަށް ގެންދަން ޖެހިފައިވާއިރު އެބޭފުޅުން ނެރެ އެދެއްކީ މިދިޔަ 16 އަހަރު ޕާޓި އުފެއްދި އެންމެ ތެދުވެރި މީހާ ކަމުގައި ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އިންތި އަކީ އެބޭފުޅުންނާއި އެންމެ ދެކޮޅު ވާދަވެރިންނަށްވެސް އެމީހެއްގެ ފަސްބަޔާއިމެދު ސުވާލު ނުއުފެއްދޭނެފަދަ ނަޒާހަތްތެރި ބޭފުޅެއްކަމުގައެވެ. އަދި ވައްޑެ އެދުނީ އެބޭފުޅު އެ އުފެއްދެވި އެނމެ ތެދުވެރި “ސާފު މީހާ” ނަގާ އެއްލާލައްވާ އެހެން ބޭފުޅަކު ނުހޮވުމަށެވެ. އަދިި އެހެން ގޮތެއް ހޯއްދަން އުޅެއްޖެނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އިތުރުން މުސްތަގުބަލަށްވެސް ރައްޔިތުންގެ އިތުބާރު ނުލިބޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ކުދި ޕާޓީތަށް އެމްޑީޕީއާއިއެކު ކޯލިޝަން ހައްދަވާ ފަހަތަށް އެއަރަނ އެމްޑީޕީ އެކަނި ނިކުމެ 47 އިންސަތަ ހޯދޭތީކަމުގައި ވައްޑެ ފާހަގަ ކުރެއްވިއެވެ. 20 އިންސައްތައިގެ ޕާޓީއަކަށް ވެގެން ލިބެން އޮތް ކާމިޔާބެއް ނެތްަކަމުގައި އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ކަނުކޮށް އިތުބާރުގެއްލިގެން ދިޔައީމައި ރައްޔިތުން ވޯޓު ނުލާނެކަމުގައި ފާޙަގަ ކުރައްވާ ވައްޑެ ވިދާޅުވީ މާލެ ސިޓީ ކައުންސިލް އިންތިހާބަކީ މީގެ ހެތްކެއް ކަމުގައެވެ. އަދި އެމްޑީޕީގެ ދާއިރާތަށްވެސް އެބޭފުޅުންގެ އަތުން ގެއްލިއްޖެ ކަމުގައި ވައްޑެ ވިދާޅުވިއެވެ. މިހެންކަމުން އަމާޒު ސީދާކޮށް އެބޭފުޅުން ކުރަމުން ގެންދިޔަ މަސައްކަތް ސީދާކަމާއި ތެދުވެރިކަންމަތީ ގެންދަވަން ޖެހޭކަމުގައި ފާހަގަ ކުރައްވާ ވައްޑެ ވިދާޅުވީ އިންތި ފަދަ ސާފު ކެޑިޑޭޓެއް ހޮވަންޖެހެނީ މިކަންކަމުގެ ސަބަބުންކަމުގައެވެ. ވައްޑެ އިތުރަށް ފާހަގަ ކުރެއްވީ ފައިސާ ގޯނި ގޯންޏަށް ބެހި އިރުވެސް އިންތިއަކީ ނުގުޑި ބޭފުޅެއްކަމުގައެވެ. އިންތިގެ ތެދުވެރިކަމާއި ސާފުކަން ރައްޔިތުންނަށް ދައްކަވައިދެއްވުމަޓަކައި ވައްޑެ ދަނީ މިފަދަ ތަފާތު ގިނަ ވާހަގަތަކެއް ދައްކަވަމުންކަމުގައި ފާހަގަކުރެވެއެވެ.

މީގެ އިތުރުން އެމްޑީޕީގެ އެތެރޭގެ މިއިންތިހާބާއި ގުޅިގެން ޕާޓީގެ އެތެރޭގައި  ބޮޑެތި ހަމަނުޖެހުންތަކެއް އުފެދި ބަހުގެ ހަމަލާ ދިނުން އާންމުވެފައިވާއިރު، ޕާޓިގެ ތެރޭގައި އެއް މެންބަރަކު އެނެއް މެންބަރަކަށް އިދިކޮޅަށް ގޮވާ ބޮޑެތި ތުހުމަތުތަށް ދަނީ ކުރަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ. މި މަންޒަރު ރައްޔިތުންގެ މަޖިލީހުގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތެރެއިންވެސް އާންމުނަށް ވަނީ ފެނިގެން ގޮސްފައެވެ. އިންތިހާބު ބޭއްވުމަށް ފުރަތަމަ ހަމަޖެހިގެންދިޔައީ ރޯދަމަހުގެ ތެރޭގައިކަމުގައި ވާއިރު މިކަމުގެ ސަބަބުންވެސް ދެ ކެޑިޑޭޓުންގެ ދެމެދުގައި ބޮޑެތި އަރައިރުންތަކެއް ހިގާ ގައުމީ މަޖިލީހުގެ ވޯޓުން މިހާރު އިންތިހާބުވަނީ ފަސްކުރެވި، މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: