ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ހަރަދުތައް ކޮށްފައިވަނީ ރަނގަޅަށް: އޮޑިޓް އޮފީސް

ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އަދި އެއޮފީހުގެ ދަށުން ހިންގަމުން ގެންދާ ރިޔާސީ ގަނޑުވަރާއި، ނައިބު ރައީސް ދިރިއުޅުއްވާ ހިލާލީގޭގެ ހަރަދުތައް ކޮށްފައިވަނީ ރަނގަޅަށް ކަމުގައި އޮޑިޓް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހާއި ރިޔާސީ ގަނޑުވަރުގެ އިތުރުން ހިލާލީގޭގެ ހަރަދުތައް ކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމުގައި އޮޑިޓް ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ފާއިތުވި އަހަރުގެ އޮޑިޓް ތައްޔާރުކޮށް ރިޕޯޓް އާއްމު ކުރަން ޖެހެއެވެ. ނަމަވެސް 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި ހަރަދުތައް އޮޑިޓްކޮށް ރިޕޯޓް އާއްމު ކޮށްފައިވަނީ މިމަހުގެ 06 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުގެ ހަރަދުތަކާއި މެދު އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައިވާ ގޮތުން 2020 ވަނަ އަހަރު ގެ ހަރަދުތައް މައިގަނޑު ގޮތެއްގައި ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހަށް ފާސްުކޮށްދެއްވައިފާ ބަޖެޓްގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަނޑައެޅުނު ކަންތައްތަކަށް ބަޖެޓްގައި ކަނޑައެޅުނު މިންވަރަށް ކަމުގައި ވެއެވެ.

ރައީސް އޮފީހުގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަޢި ގަވާއިދާ އެއްގޮތަށް ކަމުގައި އޮޑިޓް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ. އެގޮތުން

އޮޑިޓް ރިޕޯޓްގައިވާ ގޮތުން 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 142 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އޭގެތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ  އެ އޮފީހުގެ މުވައްޒަފުންނަށެވެ. މުވައްޒަފުންނަށް 111.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. ދަތުރުތަކަށް 2020 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރައީސް އޮފީހުގެ ހަރަދުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކުރެވުނު ހަދަރު 2019 އަހަރަށް ވުރެން 2020 ވަނަ އަހަރުގެ ހަރަދުތައް ވަނީ ބޮޑުވެފައެވެ.

2019 ވަނަ އަހަރު އެއޮފީހުން މުވައްޒަފުންނަށް 110 މިލިއަން ރުފިޔާ ހަރަދު ކުރި ނަމަވެސް 2020 ވަނަ އަހަރު އެއަދަދު ވަނީ 111 މިލިއަން ރުފިޔާ އަށް އިތުރު ވެފައެވެ.

ރައީސް އޮފީހުގެ ހަރަދުތަކާއި ރައީސުލްޖުމްހޫރިއްޔާގެ ހަރަދު ތަކުގެ ތަފްސީލް ހާމަ ކުރުމާއި އޮޑިޓް ރިޕޯޓް އާންމުކުރުމަކީ  ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެެކެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރައީސް އަކަށް ހުންނަވާ ބޭފުޅެއްގެ މާލިއްޔަތު ހަރަދު ކުރައްވާ ގޮތުގެ ތަފްސީލް ހާމަކުރަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: