ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވާ މައްސަލަ ބަލަނީ!

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މެއި 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ އެތެރޭގެ އިންތިހާބަށް، ދައުލަތުގެ މުދަލާއި ވަސީލަތްތަށް މެދުވެރިކޮށް ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ މި އިންތިހާބުގައި ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ މާފަނުންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ދައްކަވާ ވާހަކަތައް އެ ޕާޓީން ބަލަން ފަށައިފިއެވެ.

މި ތުހުމަތުތަށް އިންތިގެ ކެމްޕެއިން ޓީމުގެ ފަރާތުން ރައްދު ކުރަމުން ދަނީ ދެން މިމަގާމުގައި ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓާރ ފައްޔާޒް އިސްމާއީލަށެވެ.

އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން ދާއިރު، ޕާޓީގެ އެއް މެންބަރަކު އެނެއް މެންބަރަކަށް ދަނީ އިދިކޮޅަށް ނުވަތަ ޕީޕީއެމްގެ ފެކްޝަނެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

އިންތިހާބަށް ނުފޫޒު ފޯރުވައި ވަޒީފާގެ ބިރު ދެއްކުމާއި އެކު އަނެކާގެ މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމުގެ ތުހުމަތު ކުރެވެނީ ފައްޔާޒުގެ މައްޗަށެވެ. މީގެ ތެރޭގައި ވަޒީފާގެ ބިރު ދެއްކުމާއި ވޯޓު ހޯދުމަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާތައް ދިނުމުގެ އިތުރުން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ކެމްޕެއިން ކުރާކަމުގެ ޝަކުވާތައް އިންތިގެ ޓީމުން މީޑިއާތަކާއި ހިއްސާ ކުރި އެވެ. މި ޝަކުވާތައް ޕާޓީން ބެލުމަށް ނިންމާފައިވަނީ ކެމްޕޭންގައި މެމްބަރުންގެ ފަރާތުން ލިބިފައިވާ ގިނަ އަދަދެއްގެ ޝަކުވާތަކާ ގުޅިގެން ބައެއް މައްސަލަތައް އެތެރޭގެ ކޮމިޓީއަށް ހުށަހަޅާފައިވާތީކަމަަަށް އިންތިގެ ކެމްޕޭން ތަރުޖަމާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވިއެވެ.

ޕާޓީގެ ފަރާތުން މިކަމަށް ޖަވާބު ދާރީވެފައިވާކަމުގައި ފާހަގަ ކުރައްވާ ވައްޑެ ވިދާޅުވީ ޗެއާޕާސަންކަމުގެ އިތުރުން މި އިންތިހާބުގައި ދެން ވާދަކުރާ މަގާމުކަމުގައިވާ އަންހެނުންގެ ރޫހުގެ އިންތިހާބާއި ގުޅިގެން ޕާޓީއަށް ލިބެމުންދާ ޝަކުވާތައް މިހާރު ދަނީ ބަލަމުންދާކަމުގައި ޕާޓީގެ ފަރާތުން ވަނީ ލިޔުމުން އަންގާފައިކަމަށެވެ.

”އަޅުގަނޑުމެން އުއްމީދު ކުރަނީ މި ކަންކަން ބަލައި ފަހަތު ފަޔަށް ބުރަނުވެ ސީރިއަސްކަމާ އެކު ފިޔަވަޅު އަޅުއްވާނެ ކަމަށް،“ ވައްޑޭ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ އުއްމީދުކުރައްވަނީ ފަހަތު ފަޔަށް ބުރަނުވެ މިކަންކަމާއި މެދު އިންސާފުވެރި ނިންމުންތަކެއް ނިންމާނެކަމުގައިކަމަށެވެ.

އިންތިއަށް ތާއީދުކުރާ ފަރާތްތަކަށް ދައުލަތުގެ އެކި މުއައްސަސާތަކުގައި ތިބި މީހުން މަގާމުގެ ނާޖާއިޒު ނުފޫޒު ބޭނުންކޮށްގެން ބިރުދައްކަމުންދާ ކަމަށް އިންތިގެ ޓީމުން ތުހުމަތު ކުރާއިރު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ވަނީ ސަރުކާރު ފެކްޝަނުން އެފަދަ ކަންކަން ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރައްވާ ވާހަކަ ދައްކަވާފައެވެ.

އިންތިހާބުގެ ވާދަވެރިކަމުގެ ތެރޭގައި ދަނީ ރައީސް ނަޝީދު ޕާޓީން ބޭރުކުރުމަށްޓަކައި ޕާޓީގެ އެތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމުމުގައިވެސް ތުހުމަތުތައް ކުރައްވަމުންނެވެ.

މި ދަނޑިވަޅުގައި އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަނީ މިފަދަ ސީިރިއަސް ތުހުމަތުތަކެއް މިނިސްޓާ ފައްޔާޒްގެ ބޮލުގައި އެޅުވެމުންދާއިރުވެސް މިކަންކަމާއިމެދު ޖަވާބު ދާރީ ކުރުވުމަށްޓަކައި، ސަރުކާރު ޖަވާބު ދާރީ ކުރުމަށް އުފައްދާފައިވާ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅާ ހާޒިރު ނުކުރައްވަނީ ކީއްވެގެންކަމާއިމެދު ސުވާލު އުފައްދަވާފައެވެ.

އިތުރަށް ނިހާދު ވިދާޅުވެފައިވަނީ މިއީ ހަމައެކަނި ސިޔާސީ ބެނުމެއްގައި ދެއްކޭ ވާހަކައެއް ކަމަށާއި މިގޮތަށް މިނިސްޓަރީގެ ފަރާތުން ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރެވިފައި ނެތުން މިއީ މިކަމުގެ ހެތްކެއްކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: