ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ހިދުމަތް ފެށުމަކީ އަމާޒެއް: އެމްޓީސީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ނިމެންވާއިރަށް މިނީ ބަހުގެ ހިދުމަތް ދޭން ފެށުމަކީ އެ ކުންފުނީގެ އަމާޒެއްކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި މިހާރު އެކުންފުނިން ދަނީ މިނީ ބަހުގެ ހިދުމަތްތަށް ފެށުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިހިދުމަތަށް ބޭނުންވާ ބަސްތައް ވަނީ ފައިނަލްކުރެވިފައެވެ. މި ހިދުމަތަށްޓަކައި ފައިނަލް ކުރެވިފައިވަނީ ތިމާވެއްތާއި ރައްޓެހި އިލެކްޓްރޯނިކް ބަސްތަކެއްކަމަށް އެމްޓީސީސީން ވަނީ މައުލޫމާތު ދީފައެވެ. އަދި މި ބަސްތައް ޕާކްކޮށްފައި ބެހެއްޓުމަށްޓަކައި ބޭނުންވާ ބިން ސަރުކާރުގެ ފަރާތުން ވަނީ ހަމަޖައްސާދީފައިކަމަށް އެމްޓީސީސީން ބުންޏެވެ

އިތުރަށް އެމްޓީސީސީން މައުލޫމާތު ދީފައިވާ ގޮތުގައި މިހާރު ވަނީ މި ހިދުމަތް ފެށުމަށްޓަކައި ހަ މިނީ ބަހަށް އޯޑަރުދީފައެވެ. މި ބަސްތައް ގެނައުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެވިގެން ދިޔައީ ފާއިތުވެ ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ބަސްތައް ގެނައުމަށްޓަކައި ސޮއި ކުރުމުގެ ތެރެއިން

އެމްޓީސީސީ ބުނެފައިވާ ގޮތުގައި މިއަހަރު ނިމުމުގެ ކުރިން މިނީ ބަހުގެ ހިދުމަތް ފެށުމުގެ މަސައްކަތް މި ބަސްތައް ލިބުމާއެކު ކުރެވިގެންދާނެއެވެ.

މި ބަސްތަށް ދަތުރުކުރާނެ ރޫޓުތައްވެސް ކަނޑައެޅިގެން ދާނީ އެމްޓީސީސީގެ ބަސްތައް މާލެ އާއި ހުޅުމާލޭގެ ދެމެދު ކުރާ ދަތުރުތަކާއި ގުޅުވާލައިގެންކަމުގައި އެމްޓީސީސީން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް ހަރާދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރެވިގެން ދިޔައީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މިނީ ބަހުގެ ހިދުމަތްތަށް ދޭން ފެށުމުގައި ލަސްތަކަކާއި ކުރިމަތިވީ ބަޖެޓްގެ ދަތިކަމުގެ ސަބަބުންކަމުގައި ޓްރާންސްޕޯޓް މިނިސްޓާ އައިޝަތު ނަހުލާ ވަނީ މީގެ ކުރީގައި ވިދާޅުވެފައެވެ. އަދި ހިލޭ ދެ ބަސް ލިބުނުކަމުގައިވެސް މިނިސްޓާ ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: