ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކާތުގެ ގޮތުގައި މިހާތަނަށް 8 ލައްކަ ރުފިޔާ ލިބިއްޖެ

ޒަކާތް ދައެްކަންނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 8 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމުނު އިރު 19523 މީހުން ޒަކާތް ދައްކާފައިވާ ކަމަށާއި އެއީ 878،646.00 ( އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހަ) ރުފިޔާ ކަމަށެވެ.

މިހާތަނަށް ޒަކާތް ދެއްކި މީހުންގެ ތެރެއިން އިސްލާމިކް މިނިސްޓްރީގެ އެކައުންޓްތައް މެދުވެރިކޮށް ފައިސާ ދައްކާފައިވަނީ 4956 މީހުންނެވެ. އަދި އޮންލައިންކޮށް ޒަކާތް ދެއްކީ 14567 މީހުންނެވެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައި ވަނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން އުރީދޫ، އެމް-ފައިސާ، ދިރާގު ޕޭ، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: