ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް ރަށެއްގައި ފެނަކައިގެ މަސައްކަތް ކުރިއަށްދަނީ!

ހއ. ކެލާގައި ނެޓްވޯރކް އަޕްގްރޭޑް ކުރުމަށް ޓްރާންސްފޯމަރ ބަހައްޓާ 04 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ފެށި ކުރިޔަށް ދަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަތޮޅު ތެރޭގެ ފަސް ރަށެއްގައި ފެނަކައިގެ ފަރާތުން ނެޓްވޯކު އަޕްގްރޭޑް ކުރުމާއި ބެހޭ މަސައްކަތްތަކެއް ކުރިއަށް ދާކަމުގައި ފެނަކައިން ހާމަ ކޮށްފިއެވެ.

މި ފަސް ރަށުގައި މިޙާރު ކުރިއަށް ދަނީ ޒަމާނީ ނެޓްވޯކް އަޕްގްރޭޑް ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޖެންސެންޓު ބެހެއްޓުމަށްޓަކައި ކުރަމުންދާ މަސައްކަތްތަށްކަމުގައި ފެނަކައިން ފާޙަގަކޮށްފައިވެއެވެ. އަދި މީގެ ކުރިން ފެށުނު ބައެއް މަސައްކަތްތަށް މިހާރު ނިމިފައިވާކަމަށްވެސް ފެނަކައިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ހދ. ފިނޭގައިވާ އިންޖީނުގެ ވަނީ ޒަމާނީ ނެޓްވޯރކެއް ގާއިމްކޮށް ފަހުގެ އާ އިންޖީނުގެއަކަށް ބަދަލުކުރެވިފައެވ.ެ އަދި މި އިންޖީނުގެއިން ވަނީ 10 އެޕްރީލް 2022 ވަނަ ދުވަހު ކަރަންޓުގެ ޚިދުމަތްދޭން ފަށާފައިކަންވެސް ފާހަގަކުރެވެއެވެ.

މި ވަގުތު މަސައްކަތް ކުރިއަށްދާ އެއް ރަށ ކަމުގައިވާ ހއ. ކެލާގައި ނެޓްވޯކު އަޕްގްރޭޑް ކުރުމަށް ޓްރާންފޯމަރ ބަހައްޓާ 4 ހަޓް އިމާރާތް ކުރުމުގެ މަސައްކަތް ވަނީ ފެށިފައިކަމަށް ފެނަކައިން ޓްވީޓެއްކޮށް ހާމަކޮށްފައިވެއެވެ.

ދެން ފެނަކައިގެ ފަރާތުން މަސައްކަތް ކުރިއަށްގެންދަނީ ބ. ދޮންފަނުގައެވެ. ދޮންފަނުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި 250 ކވ ޖެންސެޓެއް އެ ރަށަށް ފޮނުވިފައިވާކަމަށް ފެނަކައިގެ ފަރާތުން ވަނީ ބުނެފައެވެ. އަދި މިހާރު ކުރިއަށް ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތްކަމަށް ފެނަކައިން މައުލޫމާތުދެއެވެ. އަދި މަސައްކަތް ވަނީ މިހާރު ނިމެން ގާތްވެފައިކަމަށް ފާހަގަކޮށްފައިވެއެވެ.

އިތުރަށް ފެނަކައިގެ މަސައްކަތް ކުރިއަށްދާ ޏ ފުވައްމުލަކަށް ވަނީ 1.2 މވ ގެ ޖެންސެޓްއެއް ގެންދެވިފައިކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މިހާރު ކުރިއަށްދަނީ ޖެންސެޓް ބެހެއްޓުމަށްތަކައި ބޭނުންވާ ޓްރާންސްފޯމަރ ހަޓްގެ ފުރާޅުގެ މަސައްކަތްކަމުގައި ފެނަކައިން ހާމަކޮށްފައިވާއިރު ޖެންސެޓް ބެހައްޓާ ބެޑްގެ ފައުޑޭޝަން އަދި ސާރވިސް ޓޭންކް ބަހައްޓާ ބެޑްގެ މަސައްކަތް ވަނީ ނިންމާލެވިފައިކަމުގައި ފެނަކައިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް ފެނަކައިގެ ފަރާތުން މަސައްކަތް ކުރެވެމުންދާ ބ. ހިތާދޫގައި ޒަމާނީ ނެޓްވޯރކެއް ޤާއިމްކުރުމާއި ފަހުގެ އާ އިންޖީނުގެ ރިލޮކޭޝަން މަސައްކަތް މިހާރު ކުރެވެމުންދާއިރު، ކޭބަލް އެޅުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ނިމިގެންދާނެކަމަށް ފެނަކައި ވަނީ ފާހަގަކޮށްފައެވެ. އަދި ގދ މަޑަވެލީގައި ވޯލްޓޭޖް ޑްރޮޕް ވާ ސަރަހައްދުގެ ނެޓްވޯކް މަސައްކަތް ވަނީ ނިމިފައިކަން ފާހަގަކޮށް ފެނަކައިން ބުނެފައިވަނީ ނަމަވެސް މިއީ ވަގުތީ ހައްލެއްކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: