ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީދަށް ހާއްސަކޮށް މޯލްޑިވިއަންގެ ދެ ދަތުރު މެލޭޝިޔާއަށް!

އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުންކުރާ މޯލްޑިވިއަންގެ އެއާބަސް ފްލައިޓެއް/ ފޮޓޯ: މޯލްޑިވިއަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ފިޠުރު ޢީދުގެ ޗުއްޓީއަށް ހާއްސަކޮށް މޯލްޑިވިއަންގެ ދެ ދަތުރެއް މެލޭޝިޔާގެ ކުއަލަލަމްޕޫރަށް ކުރަން ނިންމައިފި އެވެ.

މި ދެތުރު ކުރުމަށް ހަމަޖެހިފައިވަނީ އީދުގެ ކުރިން އެއް ދަތުރާއި އީދު ނިމުމުގެ ކުރިން އެއް ދަތުރެވެ.

މީޑިއާތަކަށް މައުލޫމާތު ދީ މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސްއިން އަހްމަދު މުޝްހިލް ސޮބާހް ވިދާޅުވެފައިވަނީ އީދުގެ ކުރިން ފުރުމަށް ހަމަޖެހިފައިވާ ފްލައިޓްގެ ފުރުން އޮންނާނީ ޢީދު ޗުއްޓީ ފެށުމުގެ ކުރިން މި މަހުގެ 28 ގައި ކަމަށެވެ. އަދި ދެވަނަ ފްލެއިޓް ޝެޑިއުލް ކުރެވިފައިވަނީ އީދު ނިމުމަށްފަހު ފެށޭ މެއި މަހުގެ 7 ވަނަ ދުވަހަށްކަމަށް މުޝްހިލް ވިދާޅުވިއެވެ.

މި ފްލައިޓް ދަތުރުތަށް އީދާއި ދިމާކޮށް މޯލްޑިވިއަން އިން ކުރަން ނިންމި ސަބަބެއްކަމުގައި މުޝްލިހު ފާހަގަ ކުރެއްވީ އީދާ ދިމާކޮށް ކަސްޓަމަރުންނަށް ހާއްސަ ކަމެއް ކޮށްދިނުމެވެ. އަދި އޭނާ ފާހަގަ ކުރެއްވީ މި ފްލައިޓްތަކަކީ 200 ޕަސިންޖަރުންގެ ޖާގައިގެ ފްލައިޓުތަކެއްކަމަށެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ދަތުރުތަކުގެ ފެށޭ އަގަކީ ދެކޮޅަށް 399 ޑޮލަރެވެ. މިއީ ކޮޅަކަށް 199.5 ޑޮލަރެވެ. މޯލްޑިވިއަންއިން ބުނެފައިވާ ގޮތުގައި މި ފްލައިޓްތަކުގެ ބުކިންއަށް ހުޅުވާލެވިގެންދާނީ 17 އޭޕްރީލް ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: