ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓިކެޓް އަގުބޮޑުކުރަނީ ސަބްސިޑީ ނުދޭތީ ކަމަށް މޯލްޑިވިއަން އިން ބުނެފި

މޯލްޑިވިއަންގެ އެމްޑީ މުހައްމަދު މިހާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުކުރަންޖެހެނީ ފާއިތުވި ދެ އަހަރު ސަރުކާރުން ސަބްސިޑީ ދީފައިނުވާތީ ކަމަށް ކުންފުނީ ގެ އެމްޑީ މުހައްމަދު މިހާދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ދަތުރު ތަކުގެ ޓިކެޓް އަގުބޮޑުވެފައިވާ މައްސަލަ ހުށަހެޅި މޯލްޑިވިއަން ހާޒިރުކޮށްފައިވާއިރު، މިހާދު ވިދާޅުވީ 2019 ވަނަ އަހަރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތަށް އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރި ކަމަށެވެ. އަދި އެ އަހަރު ސަރުކާރުން ސަބްސިޑީގެ ގޮތުގައި 35 މިލިއަން ރުފިޔާ މޯލްޑިވިއަން އަށް ދިން ކަމަށް މިހާދު ވިދާޅުވިއެވެ.

ސަބްސިޑީއާ އެކުގައިވެސް ކުންފުންޏަށް 126 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނުކަން ހާމަކޮށް މިހާދު ވިދާޅުވީ ފާއިތުވި ދެ އަހަރު ސަރުކާރުން ސަބްސިޑީ ދީފައިނުވާ ކަމަށެވެ.

މިހާދު ވިދާޅުވީ ސަރުކާރުން ސަބްސިޑީ ނުދޭހާ އިރަކު އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ނުވާނެ ކަމަށާއި މޯލްޑިވިއަން އިން މަސައްކަތް ކުރަމުންދަނީ އަގުތައް ހިފަހައްޓައި ރަނގަޅު ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދީ ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ކަމަށެވެ.

މީގެ ކުރިން މޯލްޑިވިއަން އިން ބުނެފައިވަނީ ޓިކެޓް އަގުބޮޑުވެފައިވަނީ ޖެޓްފިއުލްގެ އަގުތައް ބޮޑުވުމާއި ގުޅިގެން ކަމަށެވެ. އެގޮތުން ކޮވިޑްގެ ކުރިން ޖެޓް ފިއުލް ވިއްކާފައިވަނީ ލީޓަރަކަށް 12 ރުފިޔާއަށެވެ. އަދި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ޖެޓް ފިއުލްގެ އަގުތައް ހުރީ ލީޓަރެއް 22 ރުފިޔާއަށެވެ.

މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ބޯޓްތަކުގެ އެވްރެޖް އުމުރަކީ 25 އަހަރު ކަމަށް ވުމާއެކު އެބޯޓްތައް މެއިންޓެއިން ކުރުމަށް ބޮޑު ހަރަދެއް ހިނގާ ކަމަށްވެސް މިހާދު ވިދާޅުވިއެވެ. އަދި އެފަދަ ބޮޑެތި ހަރަދުތައް ކުރަން ޖެހުމުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ ކަމަށް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނ މާފަރު އެއަރޕޯޓްގައި ތެޔޮ އެޅުމުގެ ހިދުމަތް ދޭން ފެށުމާއި މާފަރަށް ކޮމާޝަލް ފްލައިޓްތައް އިތުރުކުރުމަށް މާފަރު އެއަރޕޯޓް ރަންވޭ ބޮޑުކުުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް މިހާދު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: