ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރެސްމާތޮޑާ އެެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ!

ގދ ފަރެސްމާތޮޑާގައި ހަދާ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައިވަނީ ނިމިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހު ހުޅުވުމަށް ނިންމާފައިވާ ގދ. ފަރެސްމާތޮޑާ އެއަރޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިއްޖެއެވެ.

ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ މެންދުރު ފަހު 15:45 ގައެވެ. ޓެސްޓް ފްލައިޓްގެ ގޮތުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ޑޭޝް 8 ގެ މަތިންދާ ބޯޓެކެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައި ވަނީ ޑޮމެސްޓިކް ޓާމިނަލްތައް ތަރައްގީ ކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި އެގޮތުން މިއަހަރުގެ ތެރޭގައި ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވިގެންދާނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއަޕޯޓްގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށް ވަނީ އިއުލާން ވެސް ކޮށްފައެވެ.

2020 ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީ އާއި ހަވާލުކޮށްގެން ފެށި ފަރެސްމާތޮޑާ އެއރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: