ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރަން ގޮވާލައި ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި!

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަންގެ ބޯޓުތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.

މިދިޔަ ހަފްތާ ވެސް ސައީދު ވަނީ މޯލްޑިވިއަންގެ ބޯޓުތަކުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަވައި މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފައެވެ.

ސައީދު މިއަދު ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ނުވަ މެމްބަރުންނެވެ. ނުފެންނަ ކަމަށް 19 މެމްބަރުން ވޯޓު ދެއްވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ހިންގުން ބޮއްސުންލައި ކުންފުނީގެ މާލީ ޙާލަތު މިއިން ޒަމާނަކު ނުދާހާ ދަށަށްގޮސް، ކުންފުނި ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ކުންފުނީގެ ޖުމްލަ ދަރަނި އެއް ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސައީދު މަޖިލީހށް މި ބިލު ހުށައަޅުއްވާފައިވާއިރު، މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑަށް މިދިޔަ އަހަރުވި ގެއްލުން 159 މިލިއަން ރުފިޔާއަށް އަރައިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: