ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންގެ ސީދާ ދަތުރުތައް އައްޑޫ ގަމާއި ކޫއްޑޫއާއި ދެމެދު ފަށަނީ!

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަންގެ ސީދާ ދަތުރުތައް އައްޑޫ ސިޓީ ގަމާއި ކޫއްޑޫއާއި ދެމެދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ އެއާލައިންކަމަށްވާ މޯލްޑިވިއަންއިން ބުނި ގޮތުގައި މި ދަތުރުތައް ފަށާނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ.

އެއަށްފަހުން ހަފްތާގެ އަންގާރަ އަދި ހޮނިހިރު ދުވަހު، ގަމާއި ކޫއްޑޫއާ ދެމެދު ދަތުރުތަށް ބާއްވާނެއެވެ. އައްޑޫ އިން ކޫއްޑޫއަށް ކޮންމެ އަންގާރަ ދުވަހުއްގެ މެންދުރު 11:55 ގައެވެ. އަދި ކޫއްޑޫ އިން އައްޑު އަށް ބާއްވާ ދަތުރުތައް އޮންނާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހަވީރު 5:30 ގައެވެ.

މިހާރުވެސް މި ދަތުރުތަކަށް ބުކިން ހެއްދޭނެކަމަށް މޯލްޑިވިއަނުން ބުނިއެވެ.

މިއީ ދެކުނުގެ ރަށްތައް ފަތުރުވެރިކަން ހުޅުވައިލުމަށް ސަރުކާރުން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ކުރަން ފަށާ ދަތުރުތަކެއްކަމަށްވެސް އެ ކުންފުނިން ބުނިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: