ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ވަޅިން ހަމަލާދީ ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ޕާކިސްތާނުގެ ރައްޔިތަކު ހޯދަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މަރާމާރީގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.
ފުލުހުން ބުނިގޮތުގައި އެމީހާގެ މަރުގެ މައްސަލައާ ގުޅިގެން ހޯދަމުން އަންނަނީ ޕާކިސްތާނުގެ ފިރިހެނެއް ކަމަށްވާ މުހައްމަދު އާބިދު ،26، އެވެ. އެމީހާ އަކީ ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ އޭނާއާ ކުރިމަތިނުލުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުން ވަނީ އޭނާ ފެނިއްޖެނަމަ 119 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.

