ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާގެ އަމިއްލަ މުދާވެރިކަން ހޯދުމައްޓަކައި ޕާޓީގެ ތިލަފަތް ދަނީ ވަޅުލަމުން: އިންތި

ޗެއާޕާސަންކަމުގެ އިންތިހާބަށް ތާއީދު ހޯދުމަށް އިންތިގެ ޓީމުން ކުރިި ކެމްޕެއިނުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާގެ އަމިއްލަ މުދާވެރިކަން ހޯދުމަށްޓަކައި ޕާޓީގެ ތިލަފަތް ވަޅުލައި، އަސާސްތަކާއި އުސޫލްތަކާއި ދުރައްދާތަން ފެންނަކަމަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓާއި އެ ޓީމުގެ ފަރާތުން ފެންނަނީ ލަދުވެތި މަންޒަރެއް ކަމަށެވެ. އެބޭފުޅުން އުޅުއްވަނީ ވަރަށް ހުތުރު ސިފައަކަށްކަމުގައި ފާހަގަ ކުރައްވާ އިންތި ވިދާޅުވީ މިކަންކަންމުން ސަލާމަތް ކުރުމަށްޓަކައި ޕާޓީގެ އުސޫލްތަކާއި އަސާސްތަކުގެ އިތުރުން ފަލްސަފާތައް ހިތުގެ ފުންމިނުން ގަބޫލު ކޮށްގެން މިކަމަށްޓަކައި ތާ އަބަދު ހުންނާނެ މީހަކު ޕާޓީގެ މެންބަރުންނަށް ބޭނުންވާކަމުގައެވެ. އަދި އޭނާ ވިދާޅުވީ ޕާޓީގެ މެންބަރުންނަށް މި މަގާމަށް ވާދަކުރައްވާ ދެ ކެޑިޑޭޓުންގެ ތެރެއިން ގަދަ ކަނޑުތަކުގައި ހުރި މީހަކީ ކާކުކަން ފެންނާނެކަމަށާއި ޕާޓީގެ އަސާސްތަކާއި އުސޫލުތަކުގައި ދެމި ހުންނާނީ ކާކުކަންވެސް ފެނިފައިވާނެކަމަށެވެ.

އިންތިގެ ކެމްޕެއިންތައް ކުރެއްވުމުގައި ބޭނުން ކުރައްވަނީ “ތިލަފަތުގެ ރަމްޒް” އެވެ. މިއިން ދޭހަ ކޮށްދެނީ ޕާޓީގެ ހަމަހަމަކަމާއި އިންސާފުކަމުގައި އޭނާ އަންނަނީ ފާހަގަކުރައްވަަމުންނެވެ. ނަމަވެސް އިންތި ވިދާޅުވީ ތިމާގެ އަމިއްލަ މުދާވެރިކަމަށްޓަކައި ޕާޓިގެ ތިލަފަތް ވަޅުލަމުންދާ މަންޒަރު ފެންނަކަމަށެވެ.

މި ވަގުތުގައި ވައްކަންވެސް ވަރިހަމަކަމުގައި ހީވާކަމަށާއި އަދި “ނޭވާ ހޮޅީ” ގެ ވައްކަމުގެ ތެރެއިންވެސް އެތައް ފައިސާއަކުން ބައިތުލް މާލަށް ހިޔާނާތްވެފައިވާއިރުވެސް، މިކަންތައްތައްވެސް މި ސަރުކާރަށް ހެޔޮ ކަމުގަ އޭނާ ވިދާޅުވިއެވެ. އަދި އިންތި ފާހަގަަ ކުރެއްވީ މީގެ ތެރެއިން އެއްވެސް ކަމެއް ބަލާލުމަށްޓަކައި ޝައުގުރިކަމެއް ހުރި ބޭފުޅުން ތިއްބެވީ އިންތިއާއިއެކުކަމުގައެވެ.

އިތުރަށް އޭނާ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ފަދައިން ގައުމަށް ހިދުމަތްކުރި މީހަކު ނުހުންނާނެކަމަށާއި ނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލުމަށްޓަކައި ބޮމެއް ގޮވާލުމުން އެ މައްސަލަ ބެލުމަށް ހުރަސްއެޅުމަށް މަސައްކަތް ކުރެއްވި މެންބަރު މިއަދު ނިކުމެ އެބަތިބިކަމަށެވެ. ނަމަވެސް އިންތި ފާހަގަަ ކުރެއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއަކީ އެކަމަށްޓަކައި ހެދިގެންދިޔަ މެއި 6 ގެ ކޮމިޓީގައިވެސް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމުގައެވެ. މި މައްސަަލަ ބެލުމަށްޓަކައި ގުޅައިގެން ފޯނު ކޯލުކޮށް ބުނެގެން ގައުމީ މަޖިލީހުގެ ކޯރަމް ހަމަވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރި ބަޔަކު އެބަތިބި ކަމުގައި ބުނެ އޭނާ އިޝާރާތް ކުރެއްވީ ބެލެވޭތޮގުގައި ދެން މި މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލަށެވެ.

އިންތި ވިދާޅުވީ ރައީސް ނަޝީދު އެހާލު ކޮޅުގައި އޮންނަވާ މަޖިލީހުގެ ކޮމިޓީއަކަށް ހުށައެޅުއްވި ބިލު ކޮޅުފައިން ޖަހާ އެ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރުކޮށްލިކަމުގައެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ ވާދަވެރި އެނެއް ޓީމަކީ ޕާޓިގައި ތިބީ މުދަލާއި ޕްރޮޖެކްޓް ބައް ކުރާ ބަޔަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާ ބަޔަކުކަމުގައެވެ. އަދި އޭނާ ވިދާޅުވީ މި ދަނޑިވަޅަކީ މި ފުރުސަތު އެބޭފުޅުންނަށް ނުދީ، ރަގަނޅު މެސެޖްއެއް ދިނުމަށްޓަކައި ޕާޓީގެ މެންބަރުންނަށް ލިބިފައިވާ ފުރުސަތެއްކަމަށެވެ. އިންތި ވިދާޅުވީ އޭނާއަކީ ޕާޓީގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ސާފު މީހެއްކަމަށާއި، ނަމަވެސް ވާދަވެރިންގެ މިފަދަ އެއްވެސް ފާހަގަ ކޮށްލެވޭ ސިފައެއް ނެތްކަމަށާއި ޕާޓީއަށްޓަކައި ކޮށްދެއްވި އެއްވެސް ކަމެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އިންތި ތަކުރާރުކޮށް ފާހަގަކުރަމުން އައީ އޭނާއަކީ ޕާޓީގެ އަސާސްތަކާއި އުސޫލުތައް ދަމަހައްޓާނެ މީހެއްކަމަށާއި ޕާޓީގައި ދިމާވި ކޮންމެ ގަދަ ކަނޑެއްގައި ޕާޓިއާއިއެކު ހުރި މީހެއްކަމުގައެވެ. އަދި އޭނާ އެދުނީ މިފަދަ މީހަކު މި އިނތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް ހޮއްވެވުމަށެވެ.

“ތިޔަ ބޭފުޅުންނާއިއެކު މިވީތާގައި، ހުރިހާ ހާލަތްތަކެއްގައި ދިމާވި ގަދަ ކޮންމެ ކަނޑެއްގައި ތިބޭފުޅުންނާއިއެކު ހުރި މީހަކު ހޯދައިގެން އިންތިހާޞު ކުރީމައި ހުންނާނީ ރަނގަޅަށް”

އިންތި އިތުރަށް ވިދާޅުވީ އޭނާ އަބަދުވެސް ޕާޓީއަށް ތެދުވެރިވާނަންކަމުގައެވެ.

މެއި 14 ވަނަ ދުވަހު ބޭއވުމަށް ހަމޖެހިފައިވާ އމްޑީޕީގެ އެތެރޭގެ މި އިންތިޙާބާއި ގުޅިގެން ÷ާޓީގެ ތެރޭގައި ވަނީ މަސްލަހަތު ގޯސްވެ ކޯޅުން އާންމުވެފައެވެ. އަދި އެއް ބަޔަކު އެނެއް ބަޔަކުގެ ބޮލުގައި ބޮޑެތި ސީރިއަސް ތުުމަތުތައް އަޅުވާ ފާޑު ކިޔުން އަމާޒު ކުރަމުންދާ މަންޒަރު އާންމުނަށްވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޕާޓިގެ ގައުމީ މަޖިލީހުގެ ތެރެއިން ފެނިގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: