ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރިޔަލެއް މާބޮޑު އޮތަކަސް ލިބިފާ“ މި ލަވައިން އެމްޑީޕީ ޕީޖީ ގްރޫޕަށް އިންތި ރައްދުދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ސޮއިތައް އަނބުރާ ނެންގެވުމުން މަޖިލީހުގައި ހިމެނޭ ދަ ޑިމޮކްރެޓްސްގެ މެންބަރުން ލަވަޔަކުން ޕީޖީ ގްރޫޕްއަށް ރައްދު ދެއްވައިފިއެވެ.

ޒީރޯ ޑިގްރީގެ ”ރިޔަލެއް މާބޮޑު އޮތަކަސް ލިބިފާ“ މިލަވަ މަޖިލީހުގައި މިއަދު އެމްޑީޕީ މެންބަރުންނަށް އަޑު އިވޭގޮތަށް ކިޔާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.

އިންތިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މަޖިލީގެ ނައިބް ރައީސްގެ މައްސަލަ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ވެއްދުމުން އެކަމާއި ދެކޮޅަށް އޭރު އެންމެ ބޮޑަށް ވަކާލާތު ވެސް ކުރި މެންބަރެވެ.

ރައީސް ނަޝީދު މަގާމުން ވަގުތުން ވަގުތަށް ވަކިކުރަންޖެހޭ ކަމަށާއި އިތުބާރު ގެއްލިފައިވާ ކަމަށް ތަކުރާރުކޮށް އެމްޑީޕީގެ މެންބަރުން ދިޔައީ ގޮވަމުންނެވެ.

މަޖިލީހުގައި ސީދާ ރައީސް ނަޝީދާއި ދިމާލަށް ޚުދުމުހުތާރު ވެރިއެއް ކަމަށް ގޮވައި، ”މުގާބޭ“ އަށްވެސް އެމްޑީޕީ މެންބަރުން ވަނީ ގޮވާފައެވެ.

މަޖިލީހުގެ ނައިބް ރައީސްގެ އިިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގައި މިހާރު ސޮއި ކުރައްވާފައިވަނީ 21 މެންބަރުންނެވެ.

އެހެންކަމުން މި 2 މައްސަލަ ވެސް މިހާރު މަޖިލީހުގައި ކުރިއަށް ގެންދެވޭ އަދަދަށް ސޮއި ނެތުމުން 2 މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: