ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްގެ ސިޓީގެ މައްސަލައަށް ބެލުމުން ދޭހަވަނީ ސަރުކާރެއް ފޫގޮސްފައިވާ މިންވަރު: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯނީ ރިޕޯޓް ގެއްލުންކަމަށާއި ޗާގޮސްގެ ސިޓީ އާންމުކުރުމާއި، މިކަންކަމުން ދޭހަވަނީ ސަރުކާރެއް ފޫގޮސްފައިވާ މިންވަރުކަަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަރުކާރަށާއި ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއަށް އިންތި ވަނީ ވަރަށް ބޮޑަަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރި ބޭފުޅުން ސޮއި އަނބުރާ ގެންދަވާފައިވާތީ އެކަމުގައި އޮޅުން އަރާ ކަންކަން އެބަހުރިކަމަށް ވިދާޅުވިއެވެ. މިއީ ސުވާލު އުފެދޭކަމެއްކަމަށާއި އެހެން ނަމަވެސް އޭނާގެ އިތުބާރު އަބަދުވެސް މަޖިލީހުގެ ރައީސްއަށް އޮންނާނެކަމަށް ވިދާޅިވިއެވެ.

މީގެ އިތުރުން މަޖިލިސް ހުއްޓިފައި އޮތް އޮތުމުގެ ފުރިހަމަ ޒިންމާ ސަރުކާރަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން ނަގަންޖެހޭކަމަށާއި ކޮމެޓީތައް ހުއްޓިފައި އޮތް އޮތުމާއި، ހައްލު ހޯދައިނުދެވިވާ މައްސަލަތަކާއި، މިކަމުގެ ސަބަބުން ރައްޔިތުންނާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް މަޖިލީހުގައި ތާށިވެފައިހުރިކަން އިންތި ފާހަގަކުރެއްވިއެވެ. އަދި މިކަންތައްތަކަށް އެ މެމްބަރުން ނިސްބަތްވާ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވާ ކަންކަން މަޖިލީހުގައި ހިމެނޭ އިދިކޮޅު ފަރާތްތަކަށް ފަހުން ނުވާ މައްސަަލަ ފާހަގަކުރެވޭކަމަށް ވިދާުވިއެވެ. އެހެން ނަމަވެސް ގިނަ ކަންކަން ހިނގާފައި ހުރީ ރައީސް ވިދާޅުވާ ގޮތައްކަމަށް އިންތި ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް ހިންގެވުމުގައި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުން މިކަންކަން ސީރިއަސްކޮށް ނުނަންގަވާ މަންޒަރު ފެންނަމުންދާކަމަށް އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކައަށް ހުރަސްއަޅުއްވާ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފް ވަނީ ނިޒާމީ ނުކުތާ ނަންގަވާ ވާހަކަ ދައްކަވާފައެވެ. އޭނާގެ ވާހަކައިގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތުމުން އޭނާ ސޮއިކުރިކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއީ ނިޒާމީ މައްސަލައެއްކަމަށް ނުބެލެވޭކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަށް ނިޒާމީ ނުކުތާ ނެންގެވުމުން ރިޔާސަތުން ޝަރީފްއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ދެއްވާފައެއް ނުވެއެވެ.

“ތިމާމެންގެ ފެންވަރު އޮޅި ބޮޑާވުމުގެ ނަތީޖާއޭ އިންތިޚާބުގެ ފުރަތަމަ  ބުރުގެ ނަތީޖާގެ ގޮތުގައި އެ ފެނުނީ. ކާކުތޯ ހީކުރާނީ އެމްޑީޕީއަށް ސަރުކާރު ހިންގާ ޕާޓީގެ ފުލް މެޖޯރިޓީ މަޖިލީހުގައި އޮވެ ވެރިކަމުގައި ތިބި ބޭފުޅުން އިންތިޚާބުގައި ދެވަނަ އަށް ވެއްޓިގެން ހިނގައިދާނެކަމަށް. މި ދެ އަދަދަކީ ނިސްބަތުން ބަލާ ނަމަ 38 ޕަސެންޓަކީ ވަރަށް ކުޑަ އަދަދެއް. ހުރިހާ ބާރަކާއި ނުފޫޒެއް އޮވެ 39 ޕަސެންޓް ލިބުމަކީ ދެރައެއް.” އިންތި ވިދާޅުވިއެވެ.

މަޖިލީހުގެ ފުލް މެޖޯރިޓީ އޮވެ އެމްޑީޕީއަށް ލިބުން 39 އިންސައްތައަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރައްޔިތުން ނޫނެކޭ ބުނުންކަމަށް އިންތި ވިދާޅުވިއެވެ. އަދި ދެންވެސް ރައްޔިތުންގެ ބައިތުލް މާލާއި ނުކުޅުމަށް ގޮވާލެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: