ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ތަނަވަސްކަމަށް ނުކަތާ ވަރަށް ކަންކަން ކުރާނަމަ ގާނޫނަށް ބަދަލުތައް ގެންނާނަން: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި).
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ މާލީ ތަނަވަސްކަމަށް ނުކަތާ ވަރަށް، ސަރުކާރުގެ އަމަލުތައް ބައްޓަން ކުރާނަމަ އެކަން ހުއްޓުވަން ގާނޫނަށް ބޭނުންވާ ބަދަލުތައް ގެންނާނެކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ގާނޫނަށް ގެންނަން ހުށައަޅާ އިސްލާހުތަކަކީ ރައްޔިތުންވެސް އެކަމަކަށް ވަރަށް ބޭނުންވެފައި ތިބި ކަންތައްތަކެއްކަމަށެވެ. މިއީ ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކުގެ ހުރި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ހުށައަޅާ ހުށައެޅުންތަކެއްގެ ގޮތުގައި އިމްތިޔާޒް ފާހަގަކުރެއްވިއެވެ.

މީގެ ތެރޭގައި ހިމެނޭ ބައެއް އިސްލާހުތަކަކީ ޑިމޮކްރެޓްސްއިން މީގެ ކުރީގައިވެސް ހުށައަޅާފައި ހުރި ކަންކަން ނަމަވެސް، އޭރު ކުރިއަށް ނުގޮސް އޮވެ، މިހާރު ކުރިއަށްދާ ދިއުމަކީ ރަނގަޅުކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން މަޖިލީހުގެ ސައިޒް ބޮޑުވަމުން އަންނަ އައުމަށް މި އިސްލާހުތަކުގެ ތެރެއިން ހައްލު ލިބިގެންދާނެކަމަށެވެ.

މަޖިލީހަށް ދާއިރާތައް އިތުރުވަމުން އަންނަނީ ލިބޭ އާމްދަނީއިން ދެކޮޅު ނުޖެއްސޭ ވަރަށްކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ކޮންމެ ފަސް އަހަރަކުން އެ އަންނަ ބޮޑު ބަދަލުތައް. ވަރަށް ގިނަ އަދަަކަށް ރައްޔިތުންގެ މަޖިލީސް އިތުރުވަމުން އެބަދޭ ކޮންމެ ފަސް އަހަރަކުން. ރާއްޖެއާއި ނުކަތާ ވަރުގެ ނުބައްދަލު މިންވަރަކަށް، ރާއްޖޭގެ އާމްދަނީ ލިބޭ މިންވަރާއިވެސް ނުބައްދަލު މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދާއިރާތައް ކަނޑައަޅަމުން އެބަ ގެންދޭ.

އިމްތިޔާޒް ވިދާޅުވިއެވެ.

ރާއްޖެއަށް ތަޖުރިބާ ކުރެވެމުންދާ ކަންކަމުގެ އަލީގައި ގާނޫނަށް ގެންނަން ފެންނަ ބަދަލުތައް އިސްލާހުގެ ގޮތުގައި ހުށައަޅަމުންދާނެކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ ބޭނުމަށް ކުންފުނިތައް ބޭނުން ކުރުން ހުއްޓުވުމަށް ބޭނުންވާ އިސްލާހުތައްވެސް ހުށައަޅާނެކަމަށް ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ އެމްޑީޕީއާއިއެކު ޑިމޮކްރެޓްސްއިން ކުރަމުން ދަނީ މިފަދަ ކަންކަން ދެނެގަތުމުގެ މަސައްކަތްކަމަށެވެ. ދައުލަތަށް ގެއްލުވާ ގޮތަށް ހުރި އިންތިޒާމުތައް ނިމުމަކަށް ގެންނަވާނެކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީތަކަށް ބަލާއިރު، ވެރިކަން ބަދަލުވުމުން ކުއްލި ބަދަލުތައް އަންނަކަމަށް ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ މިއީ ރައްޔިތުންނަށް ދަތިވާނެ ކަންތައްތަކެއްކަމަށެވެ.

މީގެ ކުރީގައިވެސް މި މައްސަލަތައް ހުންނަކަމަށާއި، ނަމަވެސް އިމްތިޔާޒް މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނަވާ މި އިސްލާޙުތައް ގެނައުމުގެ މަސައްކަތް ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މައްސަލައަކީ ސިޔާސީ މަގާމުތައް ހުރުން ނޫންކަމަށެވެ. އަދި މައްސަލައަކީ ކޮންމެ ވެރިކަމެއް ބަދަލުވުމަށްފަހު، އަނެއް ވެރިކަމުގައި ސިޔާސީ މަގާމުތައް އިންތިހާއަށް އިންތުރުވާ އިތުރުވުންކަން ފާހަގަކޮށް އިމްތިޔާޒް ވިދާޅުވީ މި ސަރުކާރުގެ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އުފައްދާފައިވާ ސިޔާސީ މަގާމުތައް ކުރީ ސަރުކާރަށްވުރެ ގިނަކަމަށެވެ.

މިކަމުގައި ލިމިޓެއް ކަނޑައެޅުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އިމްތިޔާޒް ވިދާޅުވީ ދެ ނަމުގައި އެއް މަސައްކަތްތަކެއް ހަވާލުކޮށް މަގާމުތައް ދީފައި އެބަހުރިކަމަށެވެ. މިއީ ސިޔާސީ ބޭނުމަށް ކުރާކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަން ގެނައުމުގައި އެހީތެރިވީ މީހުންނަށް ވަޒީފާ ދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް މަތި ބަރުވާ ސަބަބުކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ސިވިލް ސަރވިސްވެސް ވަކި ލިމިޓެއްގައި ހިފެހެއްޓިފައި އޮންނަންޖެހޭކަމަށާއި، ޕްރައިވެޓް ސެކްޓާރ ކުރިއަރާނީ މި މަގުންކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: