ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރު: ކައްކާގެ ބަންދަށް 15 ދުވަސް

އާބިދު ކޯޓަށް ގެންދަނީ— ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށް ވަޅިން ހަމަލާދީ މަރާލި ކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާބިދުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އެ މަރާމާރީގައި މަރުވެފައި ވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ފުލުހުން ބުނިގޮތުގައި އެމީހާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ފިރިހެނެއް ކަމަށްވާ މުހައްމަދު އާބިދު، 26، އެވެ. އޭނާ ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ރޭ ދަންވަރު ހުޅުމާލޭ ދެ ވަނަ ފޭސްގެ ބީޗު ސަރަހައްދުންނެވެ.

އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހާފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިރޭ ކޯޓަށް ހާޒިރުކުރުމުންނެވެ.

މި މަރުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: