ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. ވެލިދޫގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި

އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރިޖެކްޓުތައް/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފިކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި ޝިޕްމެންޓް ވެލިދޫގެ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވަނީ 13 އޭޕްރީލް 2022 ވަނަ ދުވަހުއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން ވެލިދޫގައި 3.48 ހެކްޓަރުގެ ސަރަޙައްދެއްގެ ބިންވެސް ހިއްކިގެންދާނެކަމުގަ އެވެ. އަދި 255 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަަށްދާނެކަމުގައި އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުންނެވެ.

މީގެ އިތުރަށްވެސް އެމްޓީސީސީ އާއިި ވަނީ ސަރުކާރުގެ ފަރާތުން ގިނަ ރަށްތަކެއްގެ ބަދަރު ތަރައްގީ ކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތަށް ހަވާލުކުރެވިފައެވެ. އަދި އެމްޓީސީސީގެ ފަރާތުން ދަނީ މި މަސައްކަތް ހަލުވިކަމާއިއެކު ކުރައްވަމުންކަން ފާހަގަ ކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: