ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ހަތަރު މުވައްޒަފަކަށް ހައްޖާއި އުމްރާ ދަތުރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ ޚަރަދުގައި  ޙައްޖަށާއި ޢުމްރާއަށް ދިއުމުގެ ފުރުސަތު އެކުންފުނީގެ ހަތަރ މުވައްޒަފަކަށް ދީފިއެވެ.

އެގޮތުން ސްޓެލްކޯގެ ފަރާތުން މިއަހަރު އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބިފައި ވަނީ ވިލިނގިލީ އިންޖީނުގޭގެ އަބުދުﷲ ޝަފީގްއަށާއި ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިންއަށެވެ. އަދި ހައްޖުގެ އަޅުކަމުގެ ފުރުސަތު ލިބިފައި ވަނީ ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރުއަށާއި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދްއަށެވެ.

މި ބޭފުޅުންނަށް މި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުނުކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ސްޓެލްކޯގައި ރޭ ބޭއްވި ތަރާވީހެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީއާއި ސްޓެލްކޯގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ޝަރީފް އާދަމެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތަށް އެދި ކުރިމަތިލެވެނީ ކުންފުނީގައި މަސައްކަތް ކުރާތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. ޢުމްރާގެ އަޅުކަމުގެ ފުރުސަތަށް ކުރިމަތިލެވެނީ ފަސް އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ.

މި ފުރުސަތު ސްޓެލްކޯއިން އަލުން ހުޅުވާލީ ކޮވިޑްގެ ސަބަބުން މެދުކެނޑިފައި އޮތުމަށްފަހުއެވެ.

ރޭގެ ތަރާވީޙުގައި ވާހަކަ ދައްކަވަމުން އެމްޑީ ޝަރީފް ވިދާޅުވީ ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށެވެ. ހަމައެއާއެކު ކުންފުނިން ދެމުންގެންދިޔަ ޙައްޖު އަދި ޢުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނީ ކަމަށް ވެސް ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނު މުވައްޒަފުން ފުރުމުގެ ކަންކަން އޮތީ އެ މުވައްޒަފުންނަށް ދޫކޮށްލައިފައެވެ.

“ފުރުން އޮތީ ފުރުސަތު ލިބުނު ބޭފުޅުންނަށް ދޫކޮށްލާފައި. އެބޭފުޅުން ބޭނުން އިރަކު ފުރާގޮތަށް،” ސްޓެލްކޯއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: