ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ޑިޒައިން އެންޑް ބިޑް އުސޫލުން ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާ މިމަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ބިޑުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ ”ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމުގައެވެ.
ބީލަން ބަލައި ގަތުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މެއިމަހުގެ 19 ވަނަ ދުވަހަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. ބީލަން ހުޅުވުން އޮންނާނީ 23 މޭ 2022 ވާ ހޯމަ ދުވަހުގެ 11:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

