ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓި އައްޑޫ އަންހެން މީހާގެ މައްޗަށް ހެކި ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ހިތަދޫއިގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އަންހެން މީހާއަށް ދައުވާ ކުރެވެން ނެތުމުން ބަންދުން ދޫކޮށްލައިފި އެވެ.

މިދިޔަ މާޗް މަހު 23 ގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަަމަށް ފުލުހުންގެ މުއައްސަސާއަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 59 އަހަރުގެ މީހެކެވެ. އަދި ފުލުހުން އެދިގެން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދު ޖަހައިދީފަ އެވެ.

އަންހެން މީހާގެ މައްޗަށް ތުހުމަތުތަކެއް ކުރި ނަމަވެސް، އެ އަމަލު ހިންގީ ކުއްޖާގެ ކާފަކަމަށް ބުނެ އައްޑޫގައި ދިޔައީ އިހުތިޖާޖުތައް ކުރަމުންނެވެ.

ކުއްޖާއަށް އަނިޔާ ކުރިކަމަށް ބުނާ އަންހެން މީހާއަކީ ސްކޫލު މަސައްކަތު މީހެކެވެ. އަދި ކުއްޖާ ފާހަނާއަށް ގެންގޮސް، ނިކުންނަން ދެން ބޭރުގައި ހުރިތަން އެ ސްކޫލު އެހެން މުވައްޒަފުންނަށް ފެންނާނެކަމަށް އަންހެން މީހާ ބުނެ އެވެ.

އަޑުތައް ފެތުރިފައިވާ ގޮތުން މެޑިކަލް ރިޕޯޓުން ދައްކާ ގޮތުގައި ކުއްޖާއަށް ޖިންސީ ހާނީއްކަ ކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ތަކުރާރުކޮށް ކުރި މި ސުވާލަށް ފުލުހުން އެއްވެސް ޖަވާބެއް ނުދިނެވެ.

ހައިކޯޓަށް އަންހެން މީހާގެ ފަރާތުން ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ބަންދު ދެމެހެއްޓިތާ 48 ގަޑިއިރު ނުވަނީސް މިރޭ ފުލުހުން އާއްމު ކުރި ބަޔާނުގައި ވަނީ މި މައްސަލަ ހުށައެޅުމާއިއެކު ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ކަމާއި ގުޅޭ ތަހުގީގުތައްކޮށް ހޯދިފައިވާ އެންމެހައި ހެއްކާއި ގަރީނާތަކާއި، މައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް މި މަހު 20 ވަނަ ދުވަހު ޕްރޮސިކިއުޓަރ ގެނެރަލްގެ އަފީހަށް ފޮނުވައި ދައުވާ ކުރުމާމެދު ގޮތެއް ނިންމުމަށް އެދިފައިވާނެކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހެކި ވަޒަން ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް އަންގައި މައްސަލަ އަނބުރާ ފޮނުވާލިކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނީ މައްސަލައާއި ގުޅުންހުރި އެންމެހައި ހެކިތައް ހޯދުމަށް މަސައްކަތް ކުރިމަށެވެ. ނަމަވެސް އިތުރު އެއްވެސް މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއްވެސް ފެނިފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

އަންހެން މީހާ ދޫކޮށްލުމުން ބައެއް މީހުން ވަނީ ނުހައްގުން އުމުރުން ދުވަސްވީ އަންހެނަކަށް ދިން އަނިޔާގެ ބަދަލު ލިބެން ޖެހޭމަށް ބުނެ ފުލުހުންނަށް ފާޑުކިޔާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: