ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ އާއިލީ ގުރުއާން މުބާރާތުގެ އެއްވަނަ އަށް 15000 ރުފިޔާ!

ފެނަކަ ޤުރުއާން މުބާރާތުން އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހާސިލްކުރި ކުދިންނާއެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު / ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ އާއިލީ 7 ވަނަ ގުރުއަން މުބާރާތުގެ ފަހުރިވެރި އެއް ވަނައަށް އިނާމެއްގެ ގޮތުގައި 15000 ރުފިޔާދީފި އެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ހުޅުވާލެވިގެން ފެނަކަ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާއަށް ހާއްސަކޮށްގެން ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ހާއްސަ އިސްނެންގެވުމަކަށް 2019 ކުންފުނީގެ ރެކްރިއެޝަން ކުލަބް އިން ބޭއްވުމަށް ފެއްޓެވި މުބާރާތެކެވެ.

އެ ގޮތުން މި އަހަރު ރަމަޟާން މަހު ވަނީ ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގަ މި މުބާރާތް ކުރިއަށް ގެންގޮސްފައެވެ. މުބާރާތް ފެށިގެން ދިޔައީ ށ އަދި ނ އަތޮޅަށް ހާއްސަ ކޮށްގެން ށ.މިލަންދޫގައެވެ. ރާއްޖޭގެ 3 ސަރަހައްދުގައި ބޭއްވިގެން ދިޔަ 3 މުބާރާތުގައި ފެނަކަ އާއިލާ އަށް ނިސްބަތްވާ ޖުމްލަ 423 ކުދިން ބައިވެރިވެފައި ވާކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ.

މުބާރާތުގައި ކޮންމެ ސަރަހައްދެގައި މުބާރާތުން ގޮފި ތަކުން 1 ވަނަ ، 2 ވަނަ އަދި 3 ވަނަ ހޮވާ ސެޓްފިކެޓްއާއި ޓްރޮފީ ވަނީ ހާވާލުކުރެވިފައެވެ.. އަދި އަދި ކޮންމެ ސަރަހައްދެގައި މުބާރާތުން މުޅި މުބާރާތުން 1 ވަނަ އަށް އިނާމެއްގެ ގޮތުގައި 15000 ރުފިޔާ އާއި 2 ވަނަ އަށް 10000 ރުފިޔާ އަދި 3 ވަނަ އަށް 5000 ރުފިޔާ ފައިސާގެ އިނާމް ގެ އިތުރުން ވަނީ ޓްރޮފީ ހަވާލުކުރެވިފައެވެ.

މާލެ ސިޓީގައި މި ބޭއްވުނު މުބާރާތުގައި 38 ފަރާތަކުން އެކި ގޮފިތަކުން ވަނީ ވަނަތައް ހާސިކޮށްފައެވެ.

މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ އައިމިނަތު އައިނީ އަހުމަދެވެ. އަދި މުބާރާތުގެ 2 ވަނަ އަށް ހޮވިފައިވަނީ އައިޝަތު އީކާ މުޖުތަބާއެވެ. 3 ވަނައިގެ ހޯދާފައިވަނީ ފާތިމަތު ޝައިފާ މުހައްމަދު ސިޔާމްއެވެ.

މުބާރާތް ދެން ބޭއްވިގެންދާނީ އެހެން އަހަރުތަކަށްވުރެ ފުރިހަމަކޮށްކަމުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވަނީ އިއުލާން ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: