ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތިކުރުމަށް އިސްލާހުގެނައުމަށް ހުށައެޅި ބިލު މަޖިލީހުން ފާސްކޮށްފި

އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުަސެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހުށައެޅުއްވި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތި ކުރުމާއި ބެހޭ ބިލު އިޤްތިސާދީ ކޮމިޓީއިން ދިރާސާކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ވަނީ ވޯޓުގައި ބައިވެރިވި ސާޅީސް ފަސް މެމްބަރުންގެ ވޯޓާއި އެކު ފާސްވެއްޖެ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތައް ގިންތިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާންމު މެމްބަރުންނާއި އިކޮނޮމިކް މިނިސްޓްރީ އިންނާއި ޕެންޝަން އޮފީހާއި ބައްދަލު ކުރެވި މައުލޫމާތު ހޯދައި އެކުލަވާލި ރިޕޯޓް މަޖިލީހަށް ހުށައަަޅައިފިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރުމަށް އިސްލާހުގެނައުމަށް މަޖިލީހަށް ހުށައެޅި އިސްލާހާއި ގުޅޭގޮތުން އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހަށް ހުށައަޅައިދެއްވީ އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރި ތައް ގިންތި ކުރުމަށް ރިއާޔަތް ކޮށް މައުލޫމާތު އިތުރުކޮށް މައުލޫމާތު ތައް ރެޖިސްޓްރާ އަށް ލިބިދޭނެ ގޮތަކަށް ބިލު ވަނީ ފަރުމާ ކުރެވިފައި ކަމަށް ބިގޭ ވިދާޅުވިއެވެ.

އަލަށް ފަށާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ހުށައަޅާއިރު ރަޖިސްޓްރީ ކުރެވޭ ތާރީހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގިންތިތަކެއް ރަޖިސްޓްރީ ކުރުމަށް އަމަލު ކުރާނެ އުސޫލެއް ވަނީ އެކުލަވާ ލެވިފައެވެ.

ވިޔަފާރިތައް ގިންތިކޮށް ދަފްތަރު ކުރެވޭނެ ގޮތްތަކަށް ބިލު ފަރުމާ ކުރުމުގައި އިސްކަން ދެވުނު ކަމުގައި ބިގޭ ވިދާޅުވިއެވެ.

ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ނިސްބަތްކޮށް ވަކިވަކި އަދަދުތަކެއް ކަނޑައަޅާފައިވާތީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމުގައި ކުދިއަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނުގައި ބަޔާން ކުރާ އުސޫލްތައް ހަރުދަނާކޮށް ފުރިހަމަކޮށް ދިވެހިރާއްޖޭގައި ހަރަކާތް ތެރިވާ ހުރިހާ ވިޔަފާރި ތަކެއް ގިންތި ކުރުމަށް މަގުފަހި ވާގޮތަށް ކުދިއަދި މެދުފަންތީގެ ބިލު ވަނީ ފަރުމާ ކުރެވިފައި ކަމަށް ބިގޭ ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީއިން ބިލަށް ހުށައެޅުނު މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ މިހާރު ގާނޫނުގައި ގިންތި ކުރުމަށް ބަލައި މިންގަނޑު އޮތް ގޮތުން ވަރަށް ކުޑަ އާމްދަނީ އެއްލިބޭ ވިޔަފާރި އަކަށް ވެސް އެވިޔަފާރީގެ އާމްދަނީ އަށް ވަރަށް ކުށަ ބަދަލެއް އައުމުން އެވިޔަފާރިއެއްގެ ގިންތި ތައް ބަދަލު ކުރުމަށް  އޮންނަ އޮތުން އެކަން ވިޔަފާރި ތަކުން މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރަމުންދާތީ، ޓެކުހާއި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ދިނުންފަދަ ކަންކަމުގައި ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށް ވަނީ މަޝްވަރާ ކުރެވިފަ ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: