ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ވާދަކުރާނެ: އީވާ

ބޮޮމުގެ ހަމަލާއަށް ފަހު ފަސް މަސް ފަހުން ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން ރައީސް ސޯލިހާއި އީވާ ރައީސް ނަޝީދަށް މަރުހަބާ ދަންނަވަނީ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެތެރޭގެ އިންތިހާބާއި އެކު ކޯޅުންތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރާއި މެދު ހުރި ހިތްހަމަނުޖެހުންތައް އީވާ ގެންދަވަނީ ފާހަގަ ކުރަމުންނެވެ. އަންނަ މަހުގެ 14 ގައި ބާއްވާ އިންތިހާބުގައި ޕާޓީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ކެމްޕެއިނުގެ ދަތުރުތަކުގައި އިވާ އާއި އިންތިއަށް ތާއީދު ކުރާ އެހެން މެމްބަރުން ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވެ އެމްޑީޕީގެ އުސޫލާއި އަސާސްތަކާއި ހިލާފުވެގެން ރިޔާސީ އިންތިހާބު ނުލިބޭނެކަމަށް ބުނަމުންނެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ބޭނުންފުޅުވާ ރައީސް ނަޝީދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން މީގެ ކުރިން ވެސް ފާޅު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ މި އަހަރު ވެރިކަމުގެ ނިޒާމު ބަދަލުކޮށް 2024 ގައި އޮންނަ މަޖިލީސް އިންތިހާބުން ސަރުކާރު އެކުލަވާލުން ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެއްޖެ ނަމަ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކޮށް އިންތިހާބު ވެސް ކާމިޔާބު ކުރާނެކަމަށް ވިދާޅުވި އެވެ.

“ތިލަފަތުގެ ރަމްޒު، އިމްތިޔާޒް ފަހުމީ” ގެ ހދ. ކުޅުދުއްފުށި ކެމްޕެއިން ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއްކަމަށާއި، އެ ވެރިއަކީ ރައީސް ނަޝީދު ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދު ޕާޓީގެ އެތެރޭގެ ޕްރައިމެރީ ގައި ވެސް ވާދަކޮށް، ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ޕާޓީގެ މުސްތަގުބަލު ގުޅިފައި ވަނީ އެތެރޭގެ އިންތިިހާބާއި ކަމަށެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރެއިން ރައީސް ނަޝީދު ޕާޓީން އެކަހެރި ކުރުމަށް ބަޔަކު ކުރި މަސައްކަތްތައް ފެނިގެން ދިޔަކަން ފާހަގަކޮށް އީވާ ވިދާޅުވީ، އެ ކަން ކާމިޔަބުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަނެކަމަށް އީވާ ވިދާޅުވި އެވެ.

“2023 އަޅުގަނޑުމެން ބޭނުން، ބޭނުމީ އެމްޑީޕީގެ ވެރިކަމެއް، 2023 އަށް އަޅުގަނޑުމެން އެންމެންވެސް ބޭނުމީ ހަމަ އެމްޑީޕީގެ ވެރިކަމެއް، 2023 ގެ އިންތިހާބަށް އިރާދަކުރެށްވިއްޔާ ރައީސް ނަޝީދު ކުރިމަތިލައްވާނެ، 2023 ގެ އިންތިހާބުގަ އެމްޑީޕީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރިމަތި ލައްވާނެ” އީވާ

އިންތިގެ ކެމްޕެއިނަށް މިހާތަނަށް 147 ރަށަކަށް ދަތުރު ކުރެވިފައިވާކަން ފާހަގަކޮށް އީވާ ވިދާޅުވީ، މިއީ އެއްވެސް ހާލަތެއްގައި ބަނދަރުމަތީން ނިންމާލާ ދަތުރުތަކެއް ނޫން ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް ދޮރުން ދޮރަށް ހިނގައި އާއްމުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތައް އަޑުއަހާއި އިސްލާހު ކުރަން ކުރަންވީ މަސައްކަތްތަކާއި މެދު ވަހަކަ ދައްކާކަމަށް އީވާ ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރާއި ގުޅުވައި ދެކެވޭ ވާހަކަތަކަށް އިޝާރާތްކޮށް އީވާ ވިދާޅުވީ އެހެން ޕާޓީތަކުން އެމްޑީޕީގެ އިންތިހާބުތަކަށް ފޯރުވާ ނުފޫޒުތައް ހުއްޓުވަން ޖެހޭކަމަށް އޭނާ ވެސް ގަބޫލު ކުރާކަމަށެވެ. އިންތި މަގާމަށް އައިސް އެންމެ ފުރަތަމަ ވެސް ކުރާނެ އެއް މަސައްކަތަކީ ދަފްތަރު ސާފު ކުރުންކަމަށް އީވާ ވިދާޅުވި އެވެ.

އިންތިހާބުގެ ކޯޅުންތަކާއި އެކު މިވަގުތި ސަރުކާރާއި އެއްކޮށްޅު އަދި ދެކޮޅު ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އެއީ ރައީސް ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނެވެ. އިންތިހާބާއި ގުޅުވައި ދެކެވޭ ވާހަކަތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް ރަސްމީކޮށް އިއުލާނު ނުކުރި ނަމަވެސް، ރައީސް ސޯލިހު މިހާތަނަށް ދެވަނަ ދައުރަށް ކުރިމަތިލުމަށް އިންކާރުކޮށްފައި ނުވެ އެވެ. އަދި އެމަނިކުފާނާއި އަރިސް މެމްބަރުން ދަނީ ރައީސް ސޯލިހަށް ޕްރައިމެރީއަކާއި ނުލައި ވެސް ޓިކެޓު ދޭން ޖެހޭކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: