ޑްރެޖަރ އަދި ބަސް ޑްރައިވަރުނަށް އެމްޓީސީސީން ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ މިފަހަރުގެ ހުނަވަރު ޓްރޭނިން ޕްރޮގްރާމްގެ ދަށުން 3 މެއިން ފެށިގެން 15 މޭގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ”ރިކްރޫމެންޓް އޯޕަންޑޭ“ ގެ ބޭނުމަކީ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިް ޑިވިޝަން އަދި މެރިން ޓްރާސްޕޯޓް ޑިވިޝަންގައި ހުރި ފުރުސަތުތަކަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ތަނަވަސްކޮށްދުނުންކަމުގައެވެ.
މި ޕްރޮގްރާމެގެ ދަށުން، ޑްރެޖިން އޮޕަރޭޝަންސްތަކަށް ޖުމްލަ 65 ފަރާތެއް ތަމްރީން ކުރެވިގެންދާނެކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
އެމްޓީސީސީން ބުނެފައިވާގޮތުގައި ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާ ފަރާތްތަކަށް 15،000 ރުފިޔާ އައި 30،000 ރުފިޔާއާއި ދެމެދުގެ މުސާރައަކާއިއެކު ކުންފުނީގެ ވަޒީފާ ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން ކުންފުނީގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމަށްޓަކައި ބަސްތަކަށް އޯޑާ ކުރެވިފައިވާކަމަށާއި ގެނެވޭ ބަސްތަކުގެ ތެރެއިން 34 ބަސް ދުއްވުމަށް ހަމަޖެހިފައިވަނީ، ސ ފޭދޫ، ސ ހުޅުމީދޫ އަދި ޏ.ފުވައްމުލަށް އަދި ލ. ގަމުގެ އިތުރުން ލ އިސްދޫގައެވެ. އަދި ބސް ދުއްވަން ނޭގޭ ފަރާތްތަކަށް ހުނަވަރު ޕްރޮގްރާމްގެ ދަށުން 3 މަސް ދުވަހުގެ ތެރޭގައި ތަމްރީނުކޮށް ލައިސަންސް ލިބޭނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ވިއްސަށްވުރެ ގިނަ އަދަދެއްގެ ބަސް ޑްރައިވަރުން މި ތަމްރީން ޕްރޮގްރާމްގެ ދަށުން ތަމްރީނު ކުރެވިގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.
މި ތަމްރީނު ކާމިޔާބުކަމާއިއެކު ނިންމާ ލައިސެންސް ލިބޭ ފަރާތްތަކަށް 14،000 ރުފިޔާ އާއި 18،000 ރުފިޔާގެ މުސާރައަކާއިއެކު ބަސް ޑްރައިވަރގެ ވަޒީފާ ހަމަޖެހިގެންދާނެކަމަށް އެމްޓީސީސީން ވޗަނީ މައުލޫމާތުދީފައެވެ.
ރެކްރޫޓް އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ 11 އަތޮޅަކަށް ބަހައިލައިގެން ފެށޭ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 22 ދުވަހާއި ހަމައަށެވެ.
އެމްޓީސީސީގެ ފަރާރތުން ވަނީ މިއަހަރުގެ ތެރޭގައި 171 ދިވެއްސަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މީގެ ތެރޭގައި ހުނަވަރަ ޓްރޭނިން ޕްރޮގްރާމްގެ ދަށުން ހޮވިފައިވާ ފަރާތްތަށް ނުހިމަނައެވެ.

