ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލެޖްތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އަޕްސްކިލިން އަދި ޓްރެއިނިން ޕްރޮގްރާމެއް ހިންގަނީ!

ކޮލެޖްތަކާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން އަޕްސްކިލިން އަދި ޓްރެއިނިން ޕްރޮގްރާމެއް ހިންގަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އަޕްސްކިލިން އަދި ޓްރެއިނިން ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެކައުންޓިން ދާއިރާއާ ގުޅޭ ކޯސްތައް ހިންގާ ފަރާތްތަކާ ދެމެދު މިއަދު، އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދަށުން ޓްރެއިނިން ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީއާއެކު މިއަދު އެއްބަސްވުމުގައި ސޮއިކުރީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަާއި ވިލާ ކޮލެޖް އަދި ކްލިކް ކޮލެޖާ އެކު ކަމަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް ނީޒާ އިމާދެވެ. އަދި އެމްއެންޔޫގެ ފަރާތުން މަސައްކަތު އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫ ބިޒްނަސް ސުކޫލުގެޑީން، އަބްދުލް ރަހްމާން މުބާރިކްއެވެ.

ވިލާ ވޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލޭޖުގެވައިސް ރެކްޓާ، ޑރ. އަލީ ނަޖީބްއެވެ. އަދި ކްލިކް ކޮލެޖްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކްލިކް ކޮލެޖުގެއެކެޑެމިކް ޑީން، ދުންޔާ ހަމީދުއެވެ.

މިނިސްޓްރީން ބުނީ އަޕްސްކިލިން އެންޑް ޓްރެއިނިން ޕްރޮގްރާމުގެ މަގްސަދަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތައް ވަޒީފާގެ ބާޒާރަށް ނުކުމެވި ވަޒީފާގެ ފުރުސަތު ހޯދުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އެކައުންޓިން ދާއިރާގެ އިތުރުން މި ޕްރޮގްރާމުގެ ދަށުން ޑައިވިން ދާއިރާއިންނާއި އިންފޮރްމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތަމްރީނު ހާސިލް ކުރުމުގެ ފުރުސަތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އެކައިންޓިން ދާއިރާއާ ގުޅޭ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކޮވިޑް19 ގެ ދުވަސްވަރު ވަޒީފާ ތަކަށް އަސަރު ކުރި އާންމު ފަރުދުންނަށް އިންކަމް ސަޕޯޓް ގެ ގޮތުގައި ވަނީ އެލަވަންސް ދީފައެވެ. އަދި ސަރުކާރާއި އަމިއްލަ ފަރާތްތައް ހިމެނޭ ހެން އިންކަމް ސަޕޯޓް ރިލީފް ޕެކޭޖް ތަކާއި ފަންޑްގެ ގޮތުގައި ލޯނު އެހީ ވަނީ ފޯރުކޮށްދީފަައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: