ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ކުރިން ފައްޔާޒް ޕާޓީން ވަކި ނުކުރިއްޔާ ކިތަންމެހާ ވެސް ރަނގަޅު: ރޮޒެއިނާ

ހިންގާލަން ކެމްޕެއިން ބައްދަލުވުމެއްގައި ފައްޔާޒާއި ރޮޒެއިނާ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށް ކުރާ ޖެއްސުންތައް އިތުރުވެ، އެންމެ ފަހުން ޕާޓީން ވަކި ކުރާ ހިސާބަށް ކަންކަން ނުގޮސްފި ނަމަ ކިތަންމެހާ ވެސް ރަނގަޅުކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މޭއު 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދެން ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތިހާބުގެ ވަދަވެރިކަމުގެ ތެރެއިން ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދިފައިވާއިރު އިންތިހާބުގައި ފައްޔާޒް ވާދަ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އެވެ. އަދި އިންތި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު އެވެ.

އެތެރޭގެ އިންތިހާބުގައި ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވެސް ވާދަކުރައްވާ ރޮޒެއިނާއަކީ ފައްޔާޒާއި އެކު ހިންގާލަން ކެމްޕެެއިން ޓީމުގައި ހަރަކާތްތެރިވާ މެމްބަރެކެވެ. އިންތިހާބަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ފައްޔާޒް ނުފޫޒު ފޯރުވައި ބިރުދައްކާކަމަށް ބުނެ އިންތިގެ ފަރާތުން ހުށަހެޅި މައްސަލައިގައި ފިޔަވަޅު އަޅާ ކޮމިޓީން ނިންމީ އެ ޝަކުވާތައް ސައްހަ ކަމަށެވެ. އެ ކޮމިޓީގެ ނިންމުން ސައްހަ ނޫންކަމަށާއި، މިއީ އިންތިހަބާއި ބެހޭ ގަވައިދުތަކާއި ހިލާފަށް ނިންމި ނިންމުމެއްގެ ގޮތުގައި ފާހަގަކޮށް ފައްޔާޒްގެ ފަރާތުން މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ ނިންމާފަ އެވެ.

މިކަމަށް އިޝާރާތްކޮށް ރޮޒެއިނާ ވިދާޅުވީ، ނުފޫޒުގެ ވާހަކަ ދައްކަވާ ބޭފުޅުންގެ ކެމްޕެއިން އޮފީހަކީ ދައުލަތުގެ ނިޝާން ޖަހައި ކުރީގެ ރައީސަކަށް ދައުލަތުން ދީފައި ހުރި އޮފީސް ކަމަށެވެ. ބެލެވޭ ގޮތުގައި ރޮޒެއިނާ އެ ފާހަގަ ކުރެއްވީ ރައީސް ނަޝީދުގެ އޮފީސް ކެމްޕެެއިނުގެ ބޭނުންމަށް ބޭނުން ކުރާ މައްސަލައެވެ.

ޝަކުވާ ބަލާ ކޮމިޓީގެ ނިންމުމަށް ނުރުހުންފާޅުކޮށް ރޮޒެއިނާ ވިދާޅުވީ މިހާރު ކަންތައް ދާ އުސޫލުން ނަމަ ފައްޔާޒް ޕާޓީން ވަކިކޮށްފާނެހެން ވެސް ހީވާކަމަށާއި އިންތިހާބުގެ ކުރިން އެކަން ނުކޮށްފިއްޔާ ކިތަންމެހާ ވެސް ރަނގަޅު ކަމަށެވެ.

އިންތިހާބުގައި ވާދަކުރާ ސަބަބެއްކަމަށް ފައްޔާޒްގެ ފަރާތުން ބުނެފައި ވަނީ، ޕާޓީގެ ރަށްތަކުގެ ޖަގަހަތައް ނުހިނގުމެވެ. އަދި އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނީ ޕާޓީ އާއި އާއްމު މެމްބަރުންނާއި ދެމެދު އޮތް ގުޅުން ބަދަހިކޮށްގެންކަމަށް ވަނީ ބުނެފަ އެވެ.

ފައްޔާޒަށް ފާޑުކިއުން އަމާޒުކޮށް އިންތިގެ ޓީމުން ވަނީ އޭނާ އަކީ ބްރޯއެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި ނުފޫޒާއި ބާރުގެ ބޭނުން ކުރުމާއި އެކު ކޮރަޕްޝަން ހިންގަވާކަމުގެ ތުހުމަތު ވެސް ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: