ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން މައިޒާން ފެހިކޮށްލައިފި

ޖުމްހޫރީ މައިދާން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ތެރެއިން ވިނަ އިންދާ މައިޒާން ފެހިކޮށްލައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޖުމްހޫރީ މައިދާނުގެ އާބާތުރަ ފިލުވައި އެތަން ރީތި ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2021 ނޮވެމްބަރު 15 ގައެވެ. ޖުމްހޫރީ މައިދާނުގެ ވިނަތައް ބަދަލު ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވިފައިވަނީ އެއް މަސް ދުވަހުގެ ތެރޭގައެވެ.

ޖުމްހޫރީ މައިދާނުގައި ވާ ވިނަތައް ބަދަލުކުރެވިފައިވަނީ އޮސްޓްރޭލިއާ އިން އެތެރެކުރެވުނު ވިނަތަކަކަށެވެ. މަސައްކަތަކީ ފަނަރަ ދުވަހުން ނިމޭނެ މަސައްކަތެއް ނަމަވެސް ސަރުކާރުގެ އެކި އިވެންޓް ތަކަށް ޖުމްހޫރި މައިދާން ބޭނުން ކުރަން ޖެހުމުގެ ސަބަބުން ބައެއް ސަރަހައްދު ތަކުގައި ވިނަތަކަށް ބޮޑެތި ގެއްލުން ލިބުނެވެ.

ޖުމްހޫރީ މައިދާނނުގައި ހުރި ރުއްގަހުގެ ވަށައިގެން ހަދާފައި ހުރި އަށިތަކުގެ ޓައިލްސް ވަނީ ބަދަލު ކުރެވިފައެވެ. އަދި ބާކީ ނުނިމި މިވަގުުތު އިނީ ފަސް ބުރެވެ. ބުރުތަކުގެ ތެރޭގައި އިންދާފައިވާ ގަސްތައް ތައް ވަނީ ސާފުކުރެވިފައެވެ. އަދި ބުރުތަކުގެ ކުލަ ވަނީ އާކުރެވިފައެވެ.

މީގެ އިތުރުން އެ ސަރަހައްދުގައިވާ ހެލިޕެޑް ލޭންޑިންގ އޭރިއާގެ ކުލަ ވަނީ އާ ކުރެވިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: