ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯޑް ޕްރޮޖެކްޓް ނުހުއްޓުވި ނަމަ, އެތައް ކާނެއްގެ މަތި ބަދަލުކޮށް ރައްޔިތުންނަށް ތަކުލީފު ކުޑަކުރެވުނީސް: މުއިއްޒު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުހެދުމުގެ މަޝްރޫޢު ސަރުކާރުން ނުހުއްޓުވައި ރޭވިފައި އޮތް ގޮތަށް ކުރިއަށްދިޔަ ނަމަ، އެތައް ކާނެއްގެ މަތި ބަދަލުކުރެވި ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކުރެވުނީސް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ މަތިގަނޑު ހަލާކުވެފައިވާ ކާނެއްގެ ތެރެއަށް މީހެއްގެ ފައި ގަނބަައިގަނެ ކަށިމަތި ޒަޚަމްވުމާ ގުޅިގެން އެމީހާ ކަންބޮޑުވުން ފާޅުކޮށް ކުރި ޓުވީޓަކަށް ދެއްވި ޖަވާބުގައެވެ.

މިދިމާވި ހާދިސާއާމެދު ހިތާމަ ފާޅުކުރައްވައި މޭޔަރު ވިދާޅުވީ މާލޭގެ ބައެއް މަގުތަކުގައި ހަދާފައިވާ ކާނުތަކުގެ މަތިގަނޑު ނެތުމާއި މަތިގަނޑު ހަލާކުވެފައިވާ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. މި މައްސަލަ ޙައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ބަޖެޓުގެ ދަތިކަމާހެދި އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ރައްޔިތުންގެ މަންފާއަށްޓަކައި ކުރާ ކަންކަމަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ، އެވާހަކަ މޭޜޔަރު ވަނީ ތަކުރާރުކޮށް ދައްކަވާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

އެހެންކަމުން އެކަމާ ގުޅުވައި މީހަކު ކޮށްފައިވާ އިތުރު ކޮމެންޓަކަށް ދެއްވި ޖަވާބުގައި މޭޔަރު ވިދާޅުވެފައިވަނީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ސިޓީ ކައުންސިލުން ފެށި މަސައްކަތުގެ ބަޖެޓު ހިފަހައްޓައި އެ ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ފަސްމަސް ދުވަސް ފާއިތުވެފައިވާ ކަމަށާއި އެގޮތަށް ކަންކަން ހުއްޓުވުމުން އެވާހަކަ ދައްކަވާނެ ކަމަށެވެ. މަގުހެދުމުގެ މަޝްރޫޢު ރޭވިފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށް ފުރުޞަތު ފަހިކޮށްދިން ނަމަ، މާލޭގެ މަގުތަކުގެ އެތައް ކާނެއްގެ މަތި ބަދަލުކުރެވުނީސްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ހެދިފައިވަނީ އެންމެ މަގެކެވެ. އެހާ ހިސާބުން ޕްރޮޖެކްޓުގެ ބަޖެޓު ހިފަހައްޓައި އެކަން ވަނީ ހުއްޓުވާފައިކަން ފާހަގަކޮށްލެވެއެވެ. މިހެންކަންތައް ވެގެން ދިޔުމުން މީގެ ކުރިން މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޭޔަރު ވަނީ މަގުހެދުން ހުއްޓުވައިގެން އުޅޭ ސަބަބެއް ސަރުކާރުން ރައްޔިތުންނަށް ކިޔައިދިނުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: