ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ލިބޭ ފައިސާއިން ޖަގަހަތަކަށް ލިބެންޖެހޭ ބައި ރުފިޔާ ވެސް މަދުވެގެން ނުވާނެ: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްޑީޕީގެ ހަރުގެތައް ހިންގުމަށް ޕާޓީތަކަށް ދައުލަތުން ދޭ ފައިސާއިން ހިއްސާ ކުރަން ޖެހޭނެ ކަމަށް ޕާޓީގެ އަންހެނުންގެ ރޫހު ރައީސް ކަމަށް ވާދަކުރަށްވާ ކެނޑިޑޭޓު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރ. ދުވާފަރުގައި އެމްޑީޕީ “ހިންގާލަން” ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީއަށް ޕާޓީ ހިންގުމަށްޓަކައި ދައުލަތު ގެ ފަރާތުން 15 މިލިއަން ރުފިޔާ ލިބިގެން ދިޔައީ އެ ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ހިއްސާ އޮވެގެންކަމަށް ވުމުން އެ ފައިސާއިން “ބައި ރުފިޔާ” ގެ މިންވަރުވެސް ހައްގު ފަރާތްތަކަށް ނުލިބި އޮތުން ބަލައި ނުގަނެވޭ ކަމަށެވެ. އަދި މިފަހުން ހިސާބެއް ހަދައި މެމްބަރެއްގެ ހިއްސާގޮތުގައި ދެތިންހާސް ރުފިޔާ ޖަހާފައި އޮތްތަން ފެނިގެން ދިޔަކަމަށް އިޝާރާތް ކުރަށްވާ އެނާ ވިދާޅުވީ ބައި ރުފިޔާ ވިޔަސް ލިބެންޖެހޭ ފަރާތްތަކަށް ލިބެން ޖެހޭ ކަމަށާއި، ދައުލަތުން ދޭ ފައިސާއިން ރަށް ރަށުގައި ތިބި އެމްޑީޕީގެ ހުރިހާ ހަރުގެތަކެއް ހިންގުމަށް ހިއްސާ ކުރެވެން ޖެހޭނެ ކަމަށެވެ.

“ދެކުނިން ކުރިން ދުވަހު ގަނޑެއްގައި ޖަހާފައި އޮއްވާ ކޮންމެސް ކަލްކިއުލޭޝަންއެއް ހަދާފަލައިފައި މިލިބެނީ އެހެންވެއްޖެއާމުން ދެހާސް ރުފިޔާއޭ ތިންހާސް ރުފިޔާއޭ، ހެވޭ، ހޭވޭ ބައި ރުފިޔާއަށް ވިޔަސް އެ ލިބެންޖެހޭ މީހާއަށް ލިބެންޖެހޭ ބައި ރުފިޔާ ވިޔަސްވެސް ދައުލަތުން އެދިން ފައިސާއިން މި ރާއްޖޭގެ ކޮންމެ ކޮންމެ ރަށެއްގައި ހުރި އަޅުގަންޑުމެންގެ ޖަގަހަތަކަށް ލިބެންޖެހޭ ހިއްސާ ލިބެން ޖެހޭ.”

ފައްޔާޒް އަށް ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ދައުލަތުން ޕާޓީ ހިންގުމަށް ދޭފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބޭ ހިއްސާގެ 60 އިންސައްތަ ރަށްތަކުގައި ތިބި އެ ޕާޓީގެ ޖަގަހަތައް ހިންގަން ހަވާލުކުރުމަށް ނިންމަވައިފައިވާކަން ފާހަގަ ކުރަށްވަމުން ރޮޒެއިނާ ވިދާޅުވީ މިހާރުވެސް އެ ފައިސާގެ ތެރެއިން 50 އިންސައްތަ ރަށްތަކުގައި ހުރި ހަރުގެތައް ހިންގުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށް ކަންޑައެޅިފައިވީތާ ދުވެސްތަކެއް ވެފައިވާކަމަށެވެ. ނަމަވެސް މިދިޔަ އަހަރުވެސް އެ ކަން ކަންޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮށްފައި ނުވާކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސްންގެ މަގާމަށް ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓް އިގްތިސޯދީ މިނިސްޓަރ ފައްޔާޒު އިސްމާއިލް އަށް ތާއީދު ހޯއްދަވަން ކުރެއްވި ދަތުރުފުޅުގައި އެޕާޓީގެ އަންހެނުންގެ ރޫހުގެ ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އެމްޑީޕީ އަކީ އޮޕޮޒިޝަން ގޮތުގައި މަގުތައްމަތީ އޮތް އިރު އެންމެ އިސް ސަފުގައި ތިއްބެވީ އެ ޕާޓީގެ އަންހެން ބޭފުޅުންކަމަށެވެ. އަދި ހިންގި މުޒާހަރާތަކުގައިއާއި ޖެހިހާ ކަރުނަގޭސް ތަކުގެ ތެރޭވެސް އެންމެ އިސް ސަފުގައި ތިއްބެވީ ހަަމަ އެ ޕާޓީގެ އަންހެން މެމްބަރުން ކަން ފާހަގަކުރަށްވާ އެނާ ވިދާޅުވީ ވެރިކަން ލިބުމާއިއެކު އެ އަންހެން ވެރިން ކޮބައިތޯވެސް ޕާޓީއިން ބަލައިފައިވެސް ނުވާނެ ކަމަށެވެ.

“މިއަދު އަޅުގަނޑުމެން މިތިބީކީއެއް އިދިކޮޅު ޕާޓީއަކު ނޫން، އެކަން އަޅުގަނޑުމެންނަށް ވިސްނޭނީ ކޮން އިރަކުން ބާއޭ އަޅުގަނޑު ހިތައް އަރަނީ، މިއޮއް ހުރިހާ ދުވަހު އަޅުގަނޑުމެން އިދިކޮޅު ޕާޓީގައި ތިބީމައި ކަންނޭގެ އަޅުގަނޑުމެންނަށް ޖެހިފައި ހުރި ބައްޔެއް ކަން ނޭންގެ މިހާރު މީ އަބަދުވެސް ސަރުކާރާ ދިމާލަށް އެއްޗެހި ކިއުން، އަމިއްލަ ސަރުކާރަށްވެސް ހެޔޮ، އެހެން ސަރުކާރެއް އޮތަަސް ހެޔޮ.”

މީގެ އިތުރުން މި ފުރުސަތުގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިއަދު އެމްޑީޕީއަކީ އިދިކޮޅު ޕާޓީ ނޫންކަން އެންމެހާ މެމްބަރުންނަށް ވިސްނިވަޑައިގަންނަވާނެ އިރަކާއިމެދު އެނާ ހިތައް އަރާ ކަމަށެވެ. އަދި ގިނަ ޒަމާންތަކެއް އިދިކޮޅު ޕާޓީގެ ގޮތުގައި މަސައްކަތްތަކެއް ކޮށްފައި ވުމުން އަމިއްލަ ސަރުކާރެއް އޮތް ނަމަވެސް ފާޑުވިދާޅުވެލައްވާ ނޫނީ ނުތިބެވޭނެ ފަދައިން ބައްޔެއް ޖެހިފައިވާހެންވެސް އެނާއަށް ހީފުޅުވެލައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: