ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުން ފެށިގެން ގުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރައަށް ބަދަލު އަންނާނެ : އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުން ފެށިގެން ގުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މި މޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަވެސް ވަނީ ދައުލަތުގެ ޕޭ ފްރޭމް ވާރކަށް ބަދަލު ކުރެވިފައިކަމަށެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓީޗަރުންގެ މުސާރަ ދައުލަތުންވަނީ ބޮޑުކޮށްފައެވެ. ޓީޗަރުންގެ މުސާރަ ބޮޑުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާނުގައި ފާހަގަ ކުރައްވާފައިވާ ކަމެކެވެ.

ރައީސް އިއުލާންކޮށްދެއްވި ތައުލީމީ ދާއިރާގެ އޮނިގަނޑުގައި މުސާރަތައް ބޮޑުކޮށްފައި ވަނީ އިތުރު ގަޑިއާ ނުލައި ވެސް ކުރިއަށް ވުރެން ނިސްބަތުން ބޮޑުކޮށެވެ. މި ބަދަލަކީ ތައުލީމީ ދާއިރާއަށް ހައްގު މިންވަރުގެ ފެށުމެއް ކަމަށް ސަރުކާރުން ބުނެ އެވެ. މީގެ އިތުރުން ލެކްޗަރާއިންގެ މުސާރަ ބޮޑުކުރުމަށް ސަރުކާރުގެ ޔުނިވަރސިޓީ ތަކާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މާސްޓާސް ފުރިހަމަ ކޮށްފައިވާ ލެކްޗަރާއަކަށް ޕެންޝަނަށް ކެނޑުމަށް ފަހު ލިބެނީ މަހަކު 18،000ރ. އަށް ވުރެ މަދުންނެވެ. ޑިގްރީ ހަދާފައިވާ ލެކްޗަރާއެއްގެ މުސާރައަކީ މަހަކު 13،000ރ. އެވެ.. ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލާއި އެކު ރޭންކު އެކެއްގެ ޓީޗަރުންގެ މުސާރައަށް 22 އިންސައްތައިގެ ބަދަލެއް، ރޭންކު ދޭއްގެ މުވައްޒަފުންނަށް 50 އިންސައްތައިގެ ބަދަލެއް އަދި ރޭންކު ތިނެއްގެ މުވައްޒަފުންނަށް 38 އިންސައްތައިގެ ބަދަލެއް ވަނީ ގެނެސްފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޢަލީ ވިދާޅުވެފައިވަނީ ލީޑިން ޓީޗަރުންނަށް މީގެ ކުރިން ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ވެސް ދެ ގުނަ ބޮޑު ކުރުމަށް ނިންމައިފައިވާ ކަމަށާއި އެހެންކަމުން މީގެ ފަހުން އެފަރާތްތަކަށް ވެސް 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: