ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ އެތެރެއިން ޕާޓީ “ފުނޑާލަން” މަސައްކަތް ކުރޭ: އިންތި

މާފަންނު މެދު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ނެތިކޮށްލުމަށް އެ ޕާޓީގެ ބޭރުގައި ތިބެ މަސައްކަތްކޮށް ނާކާމިޔާބުވުމުން މިހާރު ޕާޓީގެ އެތެރެއިން ޕާޓީ “ފުނޑާލަން” މަސައްކަތް ކުރަމުން ދާކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ކެނޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

މި މަހު 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި ދ. ބަނޑިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭރުގައި ތިބެ އެ ޕާޓީ “ފުނޑާލަން” ކުރި މަސައްކަތްތަށް ނާކާމިޔާބުވެގެން ދިއައީ އާއްމު މެމްބަރުން އިހްލާސްތެރިކަމުގެ ސަބަބުން ކަމަށާއި ކުރި ނޭދެވޭ މަސައްކަތްތައް ނާކާމިޔާބު ވުމުގެ ސަބަބުން މިހާރު އެތެރެއަށް ނުފޫޒު ފޯރުވާ ލޮޅުންތަކެއް ގެންނަން މަސައްކަތް ކުރަމުން ދާކަމަށް އެނާ އަށް ޔަގީން ވެފައިވާކަމަށެވެ.

އެމްޑީޕީއަށް ބޮޑު ގެއްލުމެއް ދެވިގެންދާނީ ޕާޓީގެ އަސާސްތައް ބަލިކަށިކޮށްގެން ކަމަށް އެކަން ކުރަމުންދާ މީހުންނަށް ހިވެފައިވާކަމަށް ފާހަގަކުރަށްވަމުން އިމްތިޔާޒް ވިދާޅުވީ ޕާޓީ އިން ކުރަމުން ދާ ހެޔޮ އަދި ގިނަ ގުނަ މަސައްކަތްތަކުގެ ތެރެއަށް ވައްކަމާއި ހިޔާނާތް ފަދަ އެތައް ނުރަނގަޅު އަމަލު ތަކެއް ވައްދައިގެން އާއްމު މެމްބަރުން ގެ އިތުބާރު ގެއްލުވާލަން ކުރަމުން ދާ މަސައްކަތްތަކަށް އެނާ ގެ ޗެއަރޕާސަން ކަމުގެ ދަށުން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

” އެގޮތުގައި އަޅުގަނޑު ދެމިހުންނާނަން، ބަދަލެއް ނާންނާނެ، ނަފްސެއް ނުވިކޭނެ، ނުގަނެވޭނެ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ޕާޓީގެ އަސްލުތަކަށް ރުޖޫއަ ކުރުމަށްޓަަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް، ތެދުވެރިކަމާއި އެކު ކުރާނަން” އިމްތިޔާޒް

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅުވައި އެ ޕާޓީގެ މެމްބަރުނަށް އެތަކެއް ނުފޫޒުތަކެއް ތަހައްމަލު ކުރަން ޖެހިވަޑައިގެންފައިވާކަމަށް އިޝާރާތް ކުރަށްވާ އިމްތިޔާޒް ވިދާޅުވީ “ވަޒީރަކަށް ވޯޓު ނުދީފިއްޔާ ރަށް ފަޅު ކުރުން” ނުވަތަ ރަށުގައި ހިންގަމުންދާ މަޝްރޫޢތައް ހުއްޓީދާނެ ކަމަށް ދެކެވެމުންދާ އިހުޒަމާނުގެ “ބާތިލު” ވިސްނުންތައް ޕާޓީގެ ތެރެއަށް ގެނައުމުގެ ދޮރުތައްވެސް އެނާ ޗެއަރޕާސަންގެ ގޮތުގައި އިންތިހާބު ވެއްޖެ ނަމަ ބަންދުކުރަށްވާނެ ކަމަށެވެ.

ދ. ބަނޑިދޫގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުނާއި އިތުރަށް ވާހަކަދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ޗެއަރޕާސަންގެ މަގާމަށް އެނާގެ އިތުރުން ވާދަކުރަށްވާ ކެންޑިޑޭޓަށް ޕާޓީގައި އެނާ ދެމިހުރި މިންވަރަށް ހުރެވިފައިވެސް ނުވާނެކަމަށެ. އަދި މި އިންތިހާބުގައި ވޯޓު ދެއްވާއިރު ކެނޑިޑޭޓުން ޕާޓީގައި ދެމިހުރި މިންވަރާއި، ދީފައިވާ ގަދަރުގެ އިތުރުން ކޮށްދީފައިވާ ހިދުމަތްތަކަށްވެސް ބެއްލެވުމަށް އެދިލައްވާ ކަމަށް އެނާ ވަނީ ވިދާޅުވެފައިއެވެ.

އިމްތިޔާޒް މިހެން ވިދާޅުވެފައިވާ އިރު އެނާގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ފައްޔާޒުގެ “ހިންގާލަން” ކެމްޕެއިން ޓީމުން ބުނަމުންދަނީ މިދިޔަ 16 އަހަރު ތެރޭގައިވެސް އެ ޕާޓީގެ ހިންގުންތެރިކަމާއި ހަވާލުވެލަށްވައިގެން ތިއްބެވީ “ތިލަފަތުގެ ރަމްޒް” ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންކަމަށެވެ. އަދި އެބޭފުޅުން މިހާރު ދެއްވަން ބުނަމުންދާ ފުރުސަތަކީ ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ހިންގިފައި ނުވާ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތުކަމަށް ވެސް އެ ޓީމުން ވަނީ ފާހަގަ ކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: