ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނިކުފާނުގެ ސިޔާސަތު ޕާޓީ ތެރޭގައި ނުހިނގާ ކަން ހާމަވެއްޖެ: ޑރ ޖަމީލު

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތު ޕާޓީ ތެރޭގައި ނުހިނގާ ކަން ހާމަވެއްޖެ ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ރައީސް ނަޝީދަށް ފަޑުވިދާޅުވެއްޖެއެވެ. .

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއީދުކޮށް މި ސަރުކާރުގެ އެންވަޔަރަމަންްޓް މިނިސްޓަރު އާމިނަތު ޝައުނާގެ ވީޑިއޯ މެސެޖް އެއް މީސް މީޑިއާގައި އާންމު ވުމާއެކު، އެކަމާ ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ވަނީ ޝައުނާ އަށް ފާޑު ވިދާޅުވެފައެވެ.

ޝައުނާ، ފައްޔާޒަށް ތާއީދު ކުރެއްވީ ވަޒީފާގެ މަންފާގައި ކަމަށާއި، އެކަމަށްޓަކައި ޕާޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރައްވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވެއެވެ. އެކަމުގެ ރައްދުގައި ގިނަ ބަޔަކު ގެންދަނީ އެމަނިކުފާނަށް ފާޑު ވިދާޅުވަމުންނެވެ.

އާންމުންގެ ތެރެއިން ގިނަ ބަޔަކު މީސް މީޑިއާގައި ޝުއޫރު ފާޅު ކުރަމުން ގެންދާއިރު އެއްބަޔަކު ބުނަމުންދަނީ އެމްޑީޕީ އަކީ ރައީސް ނަޝީދު ކަމަށާއި ރައީސް ނަޝީދަކީ އެމްޑީޕީ ކަމަށެވެ.

ޑރ ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ގާނޫނީ ވަކީލް ކަންވެސް ކުރައްވާ ބޭފުޅެކެވެ.

ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި މިނިސްޓަރު ޝައުނާ ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައެވެ.

ޝައުނާ އަކީ އެމްޑީޕީ އުފެދި މިއަދާ ހަމައަށް ޕާޓީގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޝައުނާ ވަނީ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ރައީސާގެ މަގާމްވެސް ފުރުއްވާފައެވެ.

ޝައުނާގެ ވާހަކަފުޅުގައި އެމްޑީޕީ އަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީ ކަމާއި އަދި ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުން ބަދަލުކޮށްލުމުގެ ހާލަތު ބަދަލުކުރުމަށް މުހިއްމު ސިޔާސަތު ތަކެއް ކަނޑައަޅައިގެން މަސައްކަތް ކުރާ ޕާޓީ އެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމެއްގައި މުހިއްމު ކަންތައްތަކެއް ހާސިލު ކުރެވުނު ކަމަށާއި އެކަންކަމުގެ ތެރޭގައި ބޭސްފަރުވާއަށް ސަލާންޖެހުން ނިމުމަކަށް ގެނެވި އާސަންދަ ސްކީމް ތައާރަފް ކުރެވުނު ކަމުގައި ޝައުނާ ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ވެރިކަމުގައި ބޯހިޔާވަހިކަން އަތްފޯރާ އަގުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއްކަމުގައި ހަދައި އެފަހުން އައި ކޮންމެ ސަރުކާރަކަށް އެކަން ލާޒިމްކުރެވިގެން ދިޔަ ކަން ޝައުނާ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކޮށް ޓެކްސްގެ ނިޒާމް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތައާރަފް ކުރެވި މި ސަރުކާރުގައި ވެސް އެފަދަ ހަރުދަނާ ސިޔާސަތު ތަކެއް ތަންފީޒު ކުރަމުން ގެންދާ ކަމުގައި ޝައުނާގެ ވާހަކަ ފުޅުގައި ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ތަންފީޒު ކުރި އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ދިހަ ހާސް ޒުވާނުންނަށް ހިލޭ ޑިގްރީ އަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ޝައުނާގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: