ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިސްޕީޑު ފެރީގެ ހިދުމަތްތައް ކާމިޔާބު: އެމްޓީސީސީ

އެމްޓީސީސީ ހައި ސްޕީޑް ފެރީ: ފޮޓޯ/ ޕްލޭނިންގް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހައިސްޕީޑް ފެރީގެ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އަދި މިނިސްޓްރީ އޮފް ޕްލޭނިންގް ގުޅިގެން ފަޝާފައިވާ މަޝްރޫޢގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގައި މި މަހު 3 ވަނަ ދުވަހު 5 “ރޫޓަކުން” 234 މީހުން ދަތުރު ކޮށްފައިވާ ކަމަށް އެ އެމްޓީސީސީއިން ބުނެފި އެވެ.

ދިވެހި ރާއްޖޭގައި މޫސުން ގޯސްވެ މެޓް ސެންޓަރުން ރީންދޫ އެލާޓް ނެރިފައިވާ އިރު އެމްޓީސީސީ އިން ބުނެފައިނީ ރައްކާތެރިކަމާއި އެކު ދަތުރު ކުރެވޭނެ ފަދަގޮތަކަށް އިންތިޒާމު ކޮށް ޝެޑިއުލްއާއި އެއްގޮތްވާ ގޮތުގެ މަތިން 5 ރޫޓަކުން 234 މީހުން ދަތުރުކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު މި މަހު 10 ވަނަ ދުވާހާއި ޖެހެންދެން ހދ އަތޮޅުގެ ހުރިހާ ދަތުރު ތަކެއް ހިލޭ ކުރެވޭނެ ކަމަށާއި 11 ވަނަ ދުވަހުން ފެށިގެން ފެރީ ހިދުމަތްތަކަށް ކަންޑައެޅިފައިވާ އަގުތައް ނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަހު 2 ވަނަ ދުވަހު ފަށާފައިވާ ހައިސްޕީޑް ފެރީ ނިޒާމުން ހދ އަތޮޅުގެ 13 ރަށެއް 5 ރޫޓަކުން ގުޅާލެވި، މި މަޝްރޫޢގެ ފޭސް 1 ގެ ދަށުން 3 އަތޮޅެއް ފެރީގެ ނިޒާމުން ގުޅާލެވިގެންދާނެއެވެ. އެމްޓީސީސީގައި މިހާރު ބޭނުން ކުރަމުންދާ ފެރީތަކަށް ވުރެން އާރްޓީއެލް ފެރީތަކުގެ ދުވެލި ހަލުއިވާނެއެވެ، އެހެން ކަމުން މި ފެރީތަކަކީ 50 މީހުންގެ ޖާގަ ހުރުމުގެ އިތުރުން 30 ނޯޓިކަލް މޭލުގެ ބާރު މިނެއްގައި ދަތުރު ކުރެވޭނެ ފެރީތަކެކެވެ. އަދި މި ފެރީތަކުގައި ފުރޮޅުލީ ގޮނޑި ބޭނުން ކުރާ ފަރާތްތަކާއި، ބަލިމީހުންވެސް ފަސޭހައިން އުފުލޭނެ ފަދައިން އިންތިޒާމު ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: