ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ މުވައްޒަފުންނަކީ ޒިންމާބޮޑު ބައެއް، މުސާރަ ބޮޑުވާންޖެހޭ: ނަރީޝް

މާލެ ސިޓީ ގެ ޑެޕިއުޓީ މޭޔަރ ނަރީޝް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަންޖެހޭ ކަމަށް މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް ވިދާޅުވީ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ހޭދަކުރާ ވަގުތާއި ނަގަން ޖެހެނީ ބޮޑެތި އަދި ބިޔަ ޒިންމާތަކެއް ކަމާއި ސަރުކާރުން ނަމެއްގައި ކައުންސިލްތައް ބާރުވެރި ކުރުމުން ނުފުދޭކަމުގައެވެ. ނަރީޝް އެހެން ވިދާޅުވެފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ޓްވީޓަކާއި އެކުގައެވެ.

އާދަމް ޝަރީފްގެ ޓްވީޓްގައި ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ގިންތީގައި ކައުންސިލްތައް  ހަތަރުވަނައިގައި ހިމަނާފައި އޮތުމަކީ ލާމަރުކަޒީ ނިޒާމުގެ މުހިއްމު މުއައްސަސާތައް ދަށްކޮށްލުން ކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި އެކަމުން ދޭހަކޮށްދެނީ ސަރުކާރުގެ ސިޔާސަތުގެ ދޯހަޅިކަމާއި ބަހާއި އަމަލު ދިމާ ނުވާކަން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ކައުންސިލްތައް މާޔޫސްވާނެ ކަމަށާއި  ކައުންސިލްތަކުގެ ގިންތި ބަދަލުކުރަން ޖެހޭ ކަމުގައި އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

 

އާދަމް ޝަރީފް އެހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން މި މެއި މަހުގެ އެއްވަނަ ދުވަހު ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި ގުޅިގެންނެވެ. ޓީޗަރުންގެ މުސާރަ އަށް ގެނެވުނު ބަދަލާއި އެކު އެކި ރާންކް ތަކުގައި މަސައްކަތް ކުރައްވާ ޓީޗަރުންގެ މުސާރައަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައިވެއެވެ.

އެގޮތުން ރޭންކް އެކެއްގައި ހިމެނޭ ޓީޗަރުންނަށް 12،621 ރުފިޔާ ލިބިގެންދާނެވެ. އަދި ދެވަނަ ރޭންކް ޓީޗަރެއްގެ މުސާރައިގެ ގޮތުގައި 18،625 ރ ލިބޭނެއެވެ. އަދި ތިންވަނަ ރޭންކްގެ ޓީޗަރުންނަށް 20،026 ރުފިޔާ ލިބޭއިރު ހަތަރުވަނަ ރޭންކްގެ ޓީޗަރަކަށް 22،309 ރުފިޔާ ލިބެއެވެ. ޓީޗަރުންގެ ފަސްވަނަ ރޭންކްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް 24،879 ރުފިޔާ ލިބޭކަމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންގައި  މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ޓީޗަރުންގެ އިތުރުން ނަރުހުންގެ މުސާރަ ވެސް ވަރަށް އަވަހަށް ބޮޑުކުރައްވާނެ ކަމުގައި ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: