ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕެއިނުގައި ފައްޔާޒު މިލަވެފައިވާ ޖިންސެއްލާކަމަށް ބޮންޑެ ވިދާޅުވުމުން، އިބުރޭގެ ކަންބޮޑުވުން!

އެެމްޑީޕީ ޗެއާޕާސަން ކަން ކާމިޔާބު ކުރެއްވި ފައްޔާޒް އިސްމާއީލާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއރޕާސަންގެ މަގާމަށް ވާދަކުރަށްވާ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލު ނުތާހިރުކަމަށް ސިފަކުރަށްވައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ދައްކަވާފައިވާ ވާހަކަތައް، ފައްޔާޒު ގެ “ހިންގާލަން” ޓީމުގެ ކެމްޕެއިން މެނޭޖަރ އިބްރާހިމް ވަހީދު ކުށްވެރި ކުރަށްވައިފިއެވެ.

ފައްޔާޒް ކެމްޕެއިނުގައި އުޅުއްވާ މަންޒަރު ފެންނަ ފޮޓޯއަކާއި އެކު އެކު ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވަނީ މިލަވެ ހަރުވެފައިވާ ޖިންސެއްލައިގެން އަބަދު އުޅުމާއި، އެގޮތަށް ހުރެ ގޭބިސީތަކަށް ވަނުން އެމްޑީޕީގެ މެމްބަރުން ނުރުހޭ ކަމަށެވެ. އަދި ސާފުތާހިރުކަމުގެ ނަމޫނާ ދައްކަން ޖެހޭނެކަމަށް ބުނެ ފާޑުވިދާޅުވި އެވެ. މިއާއި އެކު އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެތެރޭގެ އިންތިހަބަކާއި ގުޅުވައި ވެސް މިފަދަ މޭރުމަކުން ވާދަވެރި ކެނޑިޑޭޓާއި ދިމާ ކުރުން އެއީ ހަޑި އަމަލެއްގެ ގޮތުގައި ފާހަގަ ކުރައްވާފަ އެވެ.

ފައްޔާޒަށް ތާއީދު ކުރާ މެމްބަރުންގެ ކަންބޮޑުވުންތަކާއި އެކު، އޭނާގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު ވިދާޅުވީ ފުރައްސާރައިގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކެމްޕެއިންތައް ފެށުމުގެ ކުރިން އެކުވެރި ކަމާއިއެކު މަސައްކަތް ކުރަށްވަމުން ދިއަ މެމްބަރުންގެ ތެރޭގައި މިހާރު ވަނީ ބޮޑެތި ބައިބައިވުންތައް އުފެދިފައިއެވެ. ފައްޔާޒު އަދި އިންތިއަށް ތާއިދު ކުރަށްވާ މެމްބަރުންގެ ތެރޭ ބޮޑެތި ކޯޅުންތައް ހިންގައި އެކަކު އަނެކަކަށް އަމާޒުކޮށް އެކި ޒާތުގެ ބަހުގެ ހަމަލާތައް ދެމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.

ބަހުގެ ހަމަލާތަކުގެ ތެރެއިން ފައްޔާޒު ޓީމުގައި ތިއްބަވާ މެމްބަރުންގެ ބޮލުގައި ވައްކަމުގެ ތުހުމަތު ތަކާއި އެކި ކަންމުގައި ނުފޫޒު ފޯރުވާ، ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގުމުގެ އިތުރުން މެމްބަރުންގެ ތެރޭ ޒިނޭ ކުރާކަމުގެ ތުހުމަތުތައް އަޅުވަމުންދާއިރު ރައްދެއްގެ ގޮތުގައި އިންތިގެ ކެމްޕެއިން ޓީމުގެ މެމްބަރުންގެ ބޮލުގައި ބަނގުރާ ބުއިމުގެ ތުހުމަތު ތަކުގެ އިތުރުން އެތެރޭގެ އިންތިހާބެއް ކާމިޔާބު ކުރުމުގެ މަގުސަދުގައި ގަސްތުގައި ރަށް ރަށުގައި ހިންގަމުންދާ މަޝްރޫއުތަކަށް ލަސްވާފަދައިން އަމަލު ކުރަށްވައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ދައްކުވަން އުޅުމުގެ ތުހުމަތުތައް އެޅެމުންދާކަން ފާހަގަ ކޮށްލެވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: