ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފޫޒުގެ މައްސަލައިގައި އިންތި ހުށަހެޅި ޝަކުވާ އިސްތިއުނަފު ފަނޑިޔާރުންގެ މަޖިލީހުން ބާތިލު!

އެމްޑީޕީގެ ޗެއާޕާސަނަކަށް ވާދަކުރައްވާ އިންތި އާއި، ފައްޔާޒް އިސްމާއިލް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި މައްސަލަތައް ބެލި އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީއަކީ ގަވައިދާ ހިލާފު ކޮމިޓީއެއްގެ ގޮތުގައި ކަނޑައަޅައި، އެ ނިންމުންތައް ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުގެ މަޖިލީހުން ބާތިލުކޮށްފި އެވެ.

އެތެރޭގެ އިންތިހާބާއި ގުޅުވައި މި ޝަކުވާތައް އިންތިގެ ފަރާތުން ހުށަހެޅީ، އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއީލަށް އަމާޒު ކުރައްވަ އެވެ.

ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބުގެ ތެރެއަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ އަމަލުތައް ހިންގާކަމަށް ބުނެ މައްސަލަ ހުށަހެޅީ އިންތިގެ ފަރާތުންނެވެ. އެ މައްސަލައިގައި ވަނީ ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރާނަމަ ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދިނުމާއި، ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރާތީ ދަށް ރޭންކުތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުންތައް ދީ ޕްރޮމޯޝަންތައް ދެމުން ގެންދާ ކަމަށެވެ.

ވަކި ފަރާތަކަށް ކަންކަން ފަހިވާ ގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވައިދޭން އެދި އިންތިގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނީ ޝަކުވާތައް ސައްހަކަމާށާއި، އިންތިހާބަށް ނުފޫޒު ފޯރުވުމުވެ އަމަލުތަކެއް ފައްޔާޒްގެ ފަރާތުން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުމަށް ދެކޮޅު ހަދައި ފައްޔާޒްގެ ފަރާތުން މައްސަލަ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އާއްމު ކުރި ނިންމުމުގައި ވަނީ މި ތުހުމަތުތައް ބަލާފައި ވަނީ ގަވައިދާއި ހިލާފު ކޮމިޓީއަކުން ކަމަށެވެ.

ކޮމިޓީގެ ނިންމުމުގައި ވަނީ ޝަކުވާ ކޮމިޓީ އެކުލަވާލާފައި ވަނީ އިޖުރާއަތުތަކާއި އެއްގޮތަށް ނޫން ކަމަށެވެ. އަދި މި ކޮމިޓީ އިންތިހަބާއި ބެހޭ ގަވައިދުގެ 46 ވަނަ މާއްދާގެ (ހ) އާއި ހިލާފުކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވެއެވެ. އެ ސަބަބާއި ހުރެ ޝަކުވާ ބަލާ ކޮމިޓީގެ ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމަށާއި އަދި އެމްޑީޕީގެ އިންތިހާބުތަކާއި ބެހޭ ގަވައިދާއި އެއްގޮތަށް އެކުލަވާލެވޭ ޝަކުވާ ބަލާ ކޮމިޓީއަކުން ގަވައިދާއި އެއްގޮތަށް މައްސަލަ ބެލުމަށް ވަނީ އަންގާފަ އެވެ. 

އިންތިހަބާއި ބެހޭ ގަވައިދުގެ 46  ވަނަ މާއްދާގެ (ހ) ގައި ވާގޮތުން އިންތިހާބުތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް އެ ކޮމިޓީގެ މެންބަރަކު ހިމެނޭ ގޮތަށް ތިން މެންބަރުންގެ ކޮމިޓީއެއް، އިންތިހާބަށް ކުރިމަތިލުމަށް އިއުލާންކުރުމާއި އެކު އިންތިހާބާ ބެހޭ ކޮމިޓީން އުފައްދަން ވާނެ އެވެ

ޝަކުވާ ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް
  • ރައީސް އޮފީހުގެ މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ
  • ފަރީޝާ އަބްދުﷲ

ޝަކުވާ ކޮމިޓީން ނިންމި ނިންމުންތަކުގައި ވަކިވަކި ރަށްތަކުގެ ނަންތައް ފާހަގަކޮށް އެ ޝަކުވާތައް ވެސް ސައްހަކަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގައި ފައްޔާޒްގެ ފަރާތުން ބަޔާނެއް އާއްމުކޮށް ބުނީ އިންތިހާބުގެ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް އެކުލަވާލެވިފައިވާ ކޮމިޓީއަކުން އިންތިހާބުގައި ވާދަކުރައްވާ އެއް ކެންޑިޑޭޓެއްގެ ހައްގުތަކެއް ގެއްލޭ އަދި އަނެއް ކެންޑިޑޭޓަށް ފަހިވާ ގޮތަށް ނިންމައިވާ ނިންމުންތައް ފައްޔާޒްގެ ކެމްޕޭންގެ ޓީމުން ހަށުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ނިންމުންތަައް ބަލައި ނުގަންނަ ކަމުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: