ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ ކުދީންނަށް ޖިންސީ ގޯނާކުރި މީހާ އަލުން ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ މައްސަލަތަކާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެެއްގައި ހައްޔަރުކުރި މީހާ އަލުން ހައްޔަރުކޮށްފި އެވެ.

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ރިޕޯޓްކުރި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ 55 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހައްޔަރުކުރީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ.

އޭނާ ހައްޔަރުކޮށް ބަންދަށް ކޯޓުން ފުރަތަމަ ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އޭނާ ވަނީ ދޫކޮށްލާފަ އެވެ.

ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އެމީހާ މިއަދު އަލުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: